ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހިޔާ” ފުލެޓް ލިސްޓުން އުނިކުރާ މީހުންނަށް ހިލޭ ގާނޫނީ އެހީތެރިކަން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި ހިޔާ ފްލެޓުތައް - ފޮޓޯ/ މިހާެރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔވަހީގައި ” ހިޔާ މަސްރޫއު” ގެ ދަށުން އިމާރާތް ކުރި ފުލެޓް ތަކަށް ޝަރުތު ހަމަވެ، ފްލެޓު ލިބުނުކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ މީހުންގެ ތެރެއިން، މި ސަރުކާރުގައި އިއުލާންކުރާ ލިސްޓުން ނަން އުނިކޮށްފައިވާ މީހުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ދޭން ނިންމާފައިވާ ކަމަށް އިކުއިޓީ ޗެމްބާޒް އިން ބުނެފިއެވެ.

އެ ލޯ ފާމުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހިޔާ ފްލެޓްތަކުގެ ހައްގުވެރިންނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން “ހިޔާ” މަޝްރޫއުގެ ފްލެޓުތަކަށް ޝަރުތު ހަމަވެ، ފްލެޓު ލިބުނުކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކާއި، ފްލެޓް ލިބުނުކަމަށް ޝަރުތު ހަމަވެ، ނަން ގެޒެޓުކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން، ސަރުކާރުން “ބޭއިންސާފުން” އެ ލިސްޓުތަކުން އުނިކުރާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް އެ ލޯފާމުގެ ފަރާތުން ހިލޭ ސާބަހަށް ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

އަދި ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން legalaid@equitychamber.com އަށް އީމެއިލްކޮށް މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.

އިކުއިޓީ ޗެމްބާޒް އަކީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވެސް ހިމެނިވަޑައިގަންނަވާ ލޯ ފާމެކެވެ.

ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިގެން ޖުމްލަ 111 މީހަކު ވަނީ ހަތަރު ކެޓަގަރީއިން ޑިސްކޮލިފައިކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: