ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ޝާހިދުގެ ކުޅަދާނަކަމަށް، ޗައިނާ ސަފީރުގެ ތައުރީފު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކި ގައުމުތަކުގެ ބަސްބަހުން ވާހަކަދައްކަވަން ކުޅަދާނަ ކަމުން، އެކަމާއި މިނިސްޓަރއަށް ސެޓްފިކެޓް ދޭ ވަރު ވާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގް ވިދާޅުވެއްޖެއެވެ.

މިފަހުން ބޭރުގެ ގައުމުތަކުގެ ޑިޕްލޮމޭޓުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ރިސެޕްޝަންތަކުގައި މިނިސްޓަރު ޝާހިދު ވަނީ އެ ގައުމެއްގެ މީހުން ވާހަކަ ދައްކައި މާދަރީ ބަހުން ތަގުރީރު ކުރައްވަން ފައްޓަވައިފަ އެވެ.

އޮންލައިންކޮށް، ކޮންފަރެންސް ކޯލް މެދުވެރިކޮށް ބާއްވާ ބައްދަލުވުންތަކުގައި މުހިންމު މެސެޖެއް ނަމަވެސް އެ ގައުމެއްގެ ބަހުން ޝާހިދު ވަނީ ވިދާޅުވާން ފައްޓަވައިފަ އެވެ.

އެގޮތުން ރާއްޖޭގެ 55 ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް މިއަދު ވަނީ ޗައިނާގެ ބެއިޖީންގައި ރިސެޕްޝަނެއް ބާއްވައިފައެވެ. އެ ރިސެޕްޝަންގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން މިނިސްޓަރު ޝާހިދު ވާހަކަދައްކަވާފައި ވަނީ ޗައިނާ ބަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: