ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް އާންމުދަނީ ހޯދުމަށް ޒުވާނުން ގުރުބާން ކުރާތީ އިދިކޮޅުން މަގުމައްޗަށް!

ޕީޕީއެމްއިން މާލޭގެ ކާނިވާ ސަރަހައްދުގައި، ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސައިކަލް ޖޫރިމަނާއާއި ދެކޮޅަށް ޒުވާނުން މަގުމައްޗަށް ނިކުމެ ސައިކަލް ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.

ސައިކަލު ބުރު ބާއްވާނެ ކަން ހާމަ ކޮށްފައިވަނީ މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރާއްޖެ ވިއްކާލުމާއި ސައިކަލްތަކުގެ ޖޫރިމަނާއާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ބާއްވާ ސައިކަލް ބުރު ބާއްވަން ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 4:00 ގަ ފެށުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ މި ސައިކަލު ބުރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލާފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް ވިދާޅުވީ، ސުލްހަވެރި މި ސައިކަލު ބުރު ބޭއްވިގެން ދާނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކަށް ބޯލަނބައިގެން ހުރިހާ ޒުވާނުންވެސް މާސްކު އަޅައި، ގައިދުރުކަން އިސްކޮށްގެން ކަމަށެވެ. އަދި މި ސައިކަލު ބުރު ތެރެއިން ސެނިޓައިޒާވެސް ލިބޭނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ސައިކަލު ބުރެއް ބާއްވަން ނިންމިއިރު އިއްޔެ އެ ކޯލިޝަނުން ވަނީ ކ. މާފުށި ބޭރުގައި އޮޑިދޯނި ފަހަރުތަކުގައި ތިބެ މުޒާހަރާ ކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: