ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގައި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަން އިތުރު ތިން މަހަށް ދެނީ

ހިނގި އަލިފާނުގެ ހާދިސާގެ ތެެރެއިން: ފޮޓޯ:އަވަަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭ އާއިލާތަކަށް އިތުރު ތިން މަހަށް ވަގުތީ ބޯހިިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި އެ ހާދިސާގައި ކައިރީގައި ހުރި ގެތައް އަނދައިގެން ދިއުމުން ހާލުގައި ޖެހުނު އާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަން ދަނީ ފޯރުކޮށް ދެމުންނެވެ. އެކަމަކު އޭގެ ތެރެއިން ފަސް ގޭބީސީއެއްގައި ތިބި މީހުންނަށް ވަގުތީ ގޮތުން ހަމަޖައްސައިދީފައިވާ ގާކޮށި ފްލެޓްތަކުން މި މަސް ނިމުމުގެ ކުރިން ނުކުންނަން އޮތީ އަންގައިފަ އެވެ. އޭގެ ތެރެއިން އެންމެ އާއިލާއެއް ފިޔަވައި ދެން ތިބި މީހުން އެތަނުން ނުކުމެފައެއް ނުވެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ހ.ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ އޮތޯރިޓީ އިން ވަގުތީހިޔާ ފޯރުކޮށް ދެމުން ގެންދާ އާއިލާތަކަށް ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. އެހެންނަމަވެސް މިހާރުގެ ހާލަތަށް ބަލައި އެމުއްދަތު ސަރުކާރުން އިތުރު ތިން މަސްދުވަހަށް އިތުރު ކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވެއެވެ.
ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބައެއްގެ އިހުމާލެއް ނެތް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުރަތަމަ އަލިފާން ހިފާފައި ވަނީ ތިލަފުށި ގޭގައި ހުރި ގުދަނެއްގައެވެ. އަދި އެއަށްފަހުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަގުމަތީގައި ހުރި ސައިކަލުތަކާއި، ކުރިމަތީގައި ހުރި ރަދުވާނާ ކިޔާގޭގައި އަލިފާން ހިފިއެވެ. އަދި އޭގެ ފަހުން އިތުރު ގެތަކުގައި އަލިފާން ގަނޑު ވަނީ ފެތުރިފައެވެ.

ފުލުހުން ބެލި ބެލުމުން އެނގުނު ގޮތުގައި “ތިލަފުށި ގޭގެ” ގުދަނުގައި 12 ތަފާތު ވައްތަރެއްގެ އެކިއެކި ކެމިކަލް ރައްކާކުރެވިފައިވެއެވެ. އޭގެ ތެރޭގައި ލޯންޑްރީގައި ބޭނުން ކުރާ ކެމިކަލްސްތަކާއި، އަދި ޕޫލް ޑިސް އިންފެކްޓް ކުރަން ބޭނުން ކުރާ ކެމިކަލްގެ އިތުރުން، ފްލޯކްލީންއަށް ބޭނުން ކުރާ ކެމިކަލްވެސް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: