ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެލާނާ އެއާޕޯޓްގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނައިބް ރައީސް ބައްލައްވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ގާއިމްކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްލަވައިލައްވައިފިއެވެ.

ނައިބު ރައީސް ފައިސަލްއާއެކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލްގެ އިތުރުން އެއާޕޯޓުގެ ސްޓޭކްހޯލްޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ޖުލައި މަހުގެ 15 ދުވަހުން ފެށިގެން އަލުން ހިދުމަތްތަކަށް ހުޅުވާލި ވެލާނާ އެއާޕޯޓްގެ މަސައްކަތްތައް ބައްލަވާލެއްވިއިރު، އެކަމުގެ މައުލޫމާތުތައް ފައިސަލް އަށް އެރުވީ، އެއާޕޯޓް ހިންގުމާއި ދާދި ފަހުން ހަވާލުވި ގޯޑަން އެންޑްރޫ ސްޓުއާޓް އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެމަނިކުފާނުގެ އެ ޒިޔާރަތުގައި ސްޓުއާޓް، އެއާޕޯޓުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މައުލޫމާތު އަރުވާފައިވާ ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވިތާ މިހާރު މަހެއްހާ ދުވަސް ވެފައިވާއިރު ރާއްޖެ އައިސްފައިވަނީ 5177 ފަތުރުވެރިން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: