ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަޙައްދަށް އާންމުން ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާ ހިނގާ ސަރަޙައްދަށް އާންމުން ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން މިފަދައިން އިލްތިމާސް ކޮށްފައި މިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މީހުން އެއްތަނަކަށް އެއްވެ އުޅުން މަދު ކުރުމަށެވެ.

މާލޭގެ އިމާރާތެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަމުން އެބަ ދެއެވެ. ރޯވެފައި ވަނީ ބޮޑުތަކުރުފާނު މަގުގައި އާޓިފިޝަލް ބީޗާ ކައިރިން ހުންނަ ބެންކު އޮފް މޯލްޑިވްސް ޑޮލަރު އޭޓީއެމްއާ ޖެހިގެން ހުރި އިމާރާތުގައެވެ.

އެމްއެންޑީއެފުން ބުނީ ފަޔާ ޑިޕާޓުމެންޓުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ޖެހިގެން ހުރި އިމާރާތުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: