ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ ފާޑުކިޔުން އިދިކޮޅުން މާލޭގައި ބޭއްވި ސައިކަލު ބުރަށް!

ހެންވޭރުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ރައީސް ސާލިޙް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟
މާލެ ސިޓީގައި ނުރައްކާތެރި މިންވަރަކަށް ކޮވިޑު ބަލި ފެތުރެމުންދާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިންތިޒާމުކޮށްގެން ބޭއްވި، އިހުތިޖާޖަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޑުވިދާޅުވެއްޖެއެވެ.
ހެންވޭރު ޑޮލަރު އޭޓީއެމްއާއި ޖެހިގެން ހުރި ކެފޭއެއްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ. މި ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ފޯވެފައިވަނީ އަލަޕީނޯ ކެފޭގައެވެ. އަދި އެ ކެފޭގައި ހިފި އަލިފާންގަނޑު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިމާރާތަށް ފެތުރުނެވެ. އެ އިމާރާތުގެ 08 ވަނަ ފްލޯ އާއި، 09 ފްލޯ އަދި ޓެރިސްގައި ވަނީ އަލިފާން ރޯވެފައެވެ.
ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ރައީސް ސޯލިހު ވަނީ މީޑިއާތަކާއި ބައްދަލު ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ މި ދުވަސްވަރަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ނުރައްކާ ވެރިރަށް މާލެ ސިޓީގައި ބޮޑު ދުވަސްވަރެއް ކަމަށެވެ.އެހެން ނަމަވެސް ހެލްތް ެޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފަށް ބަަޔަކު އުޅެމުންދާ މަންޒަރު ފާހަގަ ކުރެވޭ ކަމަށެވެ.

“އަޅުގަނޑު ވަރަށް ހިތާމަކުރަން… މިއަދު ވެސް މާލޭގައި ބަޔަކު މުޒާހަރާ ކޮށްފި. އަޅުގަނޑުމެންގެ ތެރޭ ތިއްބެވި ވަރަށް އިސް ބޭފުޅުން މާސްކު ވެސް ނާޅާ އުޅުއްވި މަންޒަރުވެސް ފެންނިގެން ހިނގައްޖެ. އެއީ ވަރަށް ހިތާމަވެރި ކަމެއް،” ރައީސް

އިދިކޮޅުން މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާގައި، އިދިކޮޅު ޕީޕީއެމްގެ އިސްލީޑާޝިޕްގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ. އެހެން ނަމަވެސް އެ އެއްވުމުގައި އިޖްތިމާއީ ގައިދުރުކަމަށް އެއްވެސް މިންވަރަކަށް ސަމާލުކަން ދީފައި ނުވެއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، ސިއްހީ އިދާރާތްތަކުގެ އެންގުންތަކުގައި ގާނޫނުގެ ބާރުވެރިކަން ހުންނާނެ ކަމަށާއި އެ އެންގުންތަކާއި ހިލާފުވުމަށް ފުރުސަތުތަކެއް ނުދެވޭނެ ކަމަށެވެ. އަދި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅު ވެސް އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވި މައްސަލަ ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މައްސަލައިގައި މީޑިއާތަކަށް ފޮނުވި މެސެއްޖެއްގައި ފުލުހުން ބުނެފައިވަނީ މާލޭގައި ކުރިޔަށް ގެންދިޔަ ސިޔާސީ ހަރަކާތުގައި ސިއްހީ އިދާރާގެ އެންގުންތަކާއި، އަދި މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: