ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި 63 މަރު

APP56-16 LAHORE: July 16 - Vehicles passing through the rain water accumulated at Garri Shahu after heavy rain in Provincial Capital. APP Photo by Mustafa Lashari
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް ފާއިތުވި ފަސް ދުވަސް ތެރޭ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 63 މީހަކު މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ ސިންދު ޕްރޮވިންސުގެ ޗީފް މިނިސްޓަރު މުރާދު އަލީ ޝާހު ވިދާޅުވި ގޮތުގައި ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ހާދިސާތަކުގައި އެ ޕްރޮވިންސުގެ ވެރިރަށް ކަރާޗީން ވަނީ ހަފްތާއެއް ތެރޭ 47 މީހަކު މަރުވެފަ އެވެ. އަދި އެގައުމުގެ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސުގައި ފެންބޮޑުވުމުގެ ސަބަބުން 16 މީހަކު މަރުވެފައިވާ ކަމަށް އެ ޕްރޮވިންސުގެ ޑިޒާސްޓާ މެނޭޖްމެންޓު އޭޖެންސީގެ ތަރުޖަމާނު ތައިމޫރު އަލީ ވިދާޅުވި އެވެ. އެހެންކަމުން މިދިޔަ ޖޫން މަހުން ފެށިގެން، ވިއްސާރައާ ގުޅުން ހުރި ހާދިސާތަކުގައި އެގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 150އަށް އަރައިފަ އެވެ.

ވިއްސާރައިގެ ސަބަބުން ކަރާޗީގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓު ކެނޑި، ދަތުރުފަތުރަށް ހުރަސް އެޅިފައިވެ އެވެ. އެހެންކަމުން ހާލުގައި ޖެހިފައިވާ 10،000 މީހުންނަށް ކާނާ ފޯރުކޮށްދީ، ވަގުތީ ހިޔާތައް ހަދާފައިވާ ކަމަށް އަސްކަރިއްޔާއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: