ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 25 މިލިއަނަށް އަރައިފި

ކޮވިޑް-19
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ބަލި ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު 25 މިލިއަނަށް އަރައިފިއެވެ.

ދުނިޔެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން އަންނައިރު، އިއްޔެވެސް އިތުރު ދެލައްކައަށްވުރެ މީހުންނަށް އަލަށް މި ބަލި ޖެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ.

ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން ޖުމްލަ 25,076,346 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ކުރިޔަށްވުރެ ބޮޑަށް އިތުރުވެފައި މިވަނީ، މި ބަލިމަޑުކަމާއި ގުޅިގެން ގިނަ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، އާ އާންމު ހާލަތެއްގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 24 މިލިއަނުން 25 މިލިއަނަށް އަރާފައި މިވަނީ ފާއިތުވެދިޔަ ތިންވަރަކަށް ދުވަސް ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: