ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނާ ހިލާފްކަމެއް ނުކުރަން، ކުރަން ހިތްވަރެއް ނުދެން، ގަޑިއަށް ފުލުހަށް ދާނަން: ރައީސް ވަހީދު

ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާ ހިލާފުއެއްވެސް ކަމެއް ކޮށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރި ދީފައެއް ނޫންނާނެކަމަށާއި ގަޑިއަށް ފުލުހަށް ހާޒިރުވެލައްވާނޭ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެެއެވެ.

ރައީސް ވަހީދު މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ޕީޕީއެމް އިން ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލް ބުރާއި ގުޅިގެން ފުލުހައް ހާޒިރުވުމަށް އެންގުމުންނެވެ.

ރައީސް ވަހީދު “ސަންގަށް” ވިދާޅުވީ ގާނޫނާ ހިލާފް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެކަމަށާއި، އަދި އެއްވުމުގެ އެއްވެސް ބައިވެރިއަކަށް އެފަދަ ކަމެއްކުރުމަށް ހިތްވަރު ދީފައެއްވެސް ނުވާނެކަމަށެވެ.

ފުލުހައް ގެންދަންވީ. އަޅުގަނޑު ދާނަން ގަޑިއަށް. ގާނޫނާ ހިލާފްކަމެއް ނުކުރަން، ކުރަން ހިތްވަރެއްވެސް ނުދެެން ގަޑި އަށް ފުލުހައް ހާޒިރުވާނަށް” އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމުގައިވެސް ހުރި ރައީސް ވަހީދު ވިދާޅުވިއެވެ

ރައީސް ވަހީދަށް ފަސޭހަފުޅު ވަގުތެއްގައި ފުލުސް އޮފީހަށް ހާޒިރުވާން ފުލުހުން އެންގުމުން އެމަނިކުފާނު ނިންމަވާފައި ވަނީ މިއަދު ހަވީރު 16:00 ގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ.

ޕީޕީއެމް އިން ބޭއްވި ސައިކަލް ބުރާއި ގުޅިގެން ރައީސް ވަހީދު ފުލުހަށް ހާޒިރު ކުރާއިރު، ޕީޕީއެމްގެ ސައިކަލް ބުރުގައި ބައިވެރިވި މީހުންނާއި މުހާތަބުކޮށް ރައީސް ވަހީދު ވާހަކަފުޅު ދައްކަވާފައި ވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ވަނީ ރައީސް ވަހީދަށް ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: