ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިއްސާއަކަށް 58 ރުފިޔާ ބަހަން އެސްޓީއޯގެ އޭޖީއެމްގައި ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

2019 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ކުންފުނީގެ ބޯޑުން މިއަދު ފާސްކޮށްފިއެވެ.

ހިއްސާއަކަށް 58 ރުފިޔާ ބަހަން އެސްޓީއޯއިން ނިންމާފައިވަނީ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ.

ކޮވިޑުގެ ސަބަބުން ޖަލްސާތަކާއި އެއްވުންތައް ކުރިޔަށް ނުގެންދެވޭތީ އަހަރީ އާއްމު ޖަލްސާ ކުރިޔަށް ގެންގޮސްފައިވަނީ މައިކްރޮސޮޕްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށެވެ.

އޮންލައިންކޮށް ކުރިޔަށް ގެންދިޔަ އެ ޖަލްސާގައި 52 ހިއްސާދާރުން ބައިވެރިވިއެވެ. އަދި ޕްރޮކްސީގެ ގޮތުގައި 41 ހިއްސާދާރުން ރެޖިސްޓްރީވެ ވަނީ ބައިވެރިވެފައެވެ.

ހިއްސާއަކަށް 58 ރުފިޔާ ބަހަން ވޯޓުން ފާސްކޮށްފައިވަނީ ބައިވެރިވި 52 ހިއްސާދާރުންގެ އަގުލަބިއްޔަތުންނެވެ.

އަހަރީ އާއްމު ޖަލްސާގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ދެއްކެވި ވާހަކައިގައި ވަނީ މިދިޔަ އަހަރަކީ ކުންފުނީގެ ތާރީހުގައި ވެސް މާލީ ގޮތުން އެންމެ ރަނގަޅު އެއް އަހަރުކަން ފާހަގަ ކުރައްވާފައެވެ. އަދި އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވުނުކަމަށް ވިދާޅުވިއެވެ.

އެސްޓީއޯއިން އާއްމުކޮށްފައިވާ ކުންފުނީގެ މާލީ ރިޕޯޓުގައިވާ ގޮތުން 2019 ވަނަ އަހަރު އެސްޓީއޯގެ ޖުމްލަ ފައިދާ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 13 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި ކުންފުނީގެ ހިންގުމުގެ ފައިދާ ވަނީ 80 އިންސައްތަ އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: