ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓް ލިބޭ ދާއިމީ ލިސްޓު ފުރިހަމަކުރަން ޝަކުވާ ހުށަހަޅަން އެދިއްޖެ

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓްގައި ހިމެނޭ އެހެން މީހުންނަށް ޕޮއިޓްލިބުނު ގޮތްތަކާއިމެދުވެސް ޝަކުވާ  ހުށައަޅަންބޭނުންވާނަމަ، އެ ފުރުސަތު ހުޅުވާލާފައިވާކަމަށް ފްލެޓް ކޮމިޓީން ވިދާޅުވެއްޖެއެވެ.

މިއަދު އެ ކޮމިޓީއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޓީއިން ނެރޭ ދާއިމީ ލިސްޓްތަކަކީ ފުރިހަމަ ލިސްޓްތަކަކަށް ހެދުމަށްޓަކައި ހޯމަ ދުވަހު ނެރުނު ވަގުތީ ލިސްޓްތަކުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާ ނަމަ އެކަން ހުށަހެޅުމަށް އެދޭ ކަމަށެވެ. އެ ލިސްޓުތަކުގެ ޕޮއިންޓް ދީފައިވާ ގޮތާ މެދު ކޮންމެ ފަރާތަކަށްވެސް ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް ކޮމިޓީއިން ވަނީ ބުނެފަ އެވެ.

ކޮމިޓީއިން އިތުރަށް ބުނެފައިވަނީ އެހެން ފަރާތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް ވެސް ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވަނީ އެ ހަތަރު ކެޓަގަރީގެ ދަށުން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކާއި ޝަރުތު ހަމަ ނުވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފަ އެވެ. އެގޮތުން ޝަރުތު ހަމަނުވާ ފަރާތްތަކުން ޝަރުތު ހަމަ ނުވާ ސަބަބުވެސް އެ ލިސްޓުތަކުގައި ފާހަގަކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ފްލެޓް މައްސަލަ ބަލާ ކޮމިޓީއިން ވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މައްސަލަ ބެލުމަށްފަހު، މިދިޔަ ހޯމަ ދުވަހު ވަގުތީ ލިސްޓު އާންމުކޮށްފަ އެވެ.

އެ ކޮމިޓީއިން އާންމުކޮށްފައިވަނީ H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ) ކެޓަގަރީއާއި H5 (ޓީޗަރުންނަށް ހާއްސަ) ކެޓަގަރީއާއި H8 (މާލޭ ރަށްވެހިންނަށް ހާއްސަ) ކެޓަގަރީއާއި H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ) ކެޓަގަރީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: