ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުސޫމް އަލުން ހުވާކޮށް، އަނެއްކާވެސް މިނިސްޓަރު ކަމާއި ހަވާލުވެއްޖެ

ޑރ މައުސޫމްއާއި މިނިސްޓަރ ކަމުގެ ފަތްކޮޅު ރައީސް ސާލިޙް ހަވާލު ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޑރ. އަބްދުﷲ މައުސޫމް ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ކުންފުންޏެއްގެ މަގާމެއްގައި ހުންނެވުމުން އުފެދުނު ސުވާލުތަކާ ހެދި އޭނާ އިއްޔެ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމުން އަލުން އެ މަގާމަށް އައްޔަންކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުނުން ޑރ.މައުސޫމް ފުރަތަމަ ކުރެއްވި ވަޒީރު ކަމުގެ ހުވާގެ ސައްހަ ކަމާ މެދު ސުވާލު އުފެދީ ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނެވެ.

އެމްޑީޕީ މެންބަރުން މައުސޫމްގެ ހުވައާއި މެދު ސުވާލު އުފެއްދީ އޭނާ ހުވާ ކުރެއްވިއިރު ވިޔަފާރި ކުންފުންޏަކުން ވަކި ނުވެ ހުންނެވި ކަމަށް ބުނެއެވެ.

ޑރ.މައުސޫމް ޓްއަރިޒަމް މިނިސްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވުމާ އެކު އަލުން ވަޒީރުކަމަށް އައްޔަން ކުރައްވާ ރައީސް އޮފީހުން ވަނީ އޭނާ އަށް ލިއުން ދެއްވައިފަ އެވެ. އަދި މަގާމުގެ ހުވާ ވެސް ވަނީ އަލުން ކުރައްވައިފަ އެވެ.

މައުސޫމް ދެ ވަނަ ފަހަރަށް ހުވާ ކުރެއްވުމަށް ރައީސް އޮފީހަށް އަންގަން ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ވަހީދެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: