ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ދަރަނިވެރިކުރި މީހުން މި ސަރުކާރު ބޮލުގައި އަޅުވަނީ ދޮގު އިލްޒާމުތަކެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާދަތު ގެއްލުވާލާ ގައުމު ދަރަނުވެރި ކުރި ބަޔަކު މިއަދު އިދިކޮޅުގައި ތިބެގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބަޮލުގައި އަޅުވަމުން ގެންދަނީ ދޮގު އިލްޒާމުތަކެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު  ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް  ޔާމީންގެ ސަރުކާރުގައި ޗައިނާއާ އެކުގައި ހަދާފައިވާ އެއްބަސްވުން ތަކުގެ ސަބަބުން ރާއްޖެ ދަރަނީގެ އަޅުވެތިކަމަކަށް ދިޔަ ކަމަށެވެ. ނަމަވެސް މިއަދު އެބޭފުޅުން އިދިކޮޅުގައި ތިއްބަވައިގެން ރައީސް ސޯލިހުގެ ސަރުކާރުގެ ބޮލުގައި ގައުމު ވިއްކާލަނީ ކަމަށްބުނެ ދޮގު އިލްޒާމުތަކެއް އަޅުވަމުން ގެންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަސީދު މިފަދައިން ވިދާޅުވެފައިވާއިރު އިދިކޮޅުގިނަ ފަރާއްތަކަކުން ދަނީ އަވައްޓެރި އިންޑިއާއިން ރާއްޖެއަށް އަތްގަދަ ކުރާކަމަށް ބުނެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލާފައެވެ.އެގޮތުން ގިނަ ބަޔަކު އަންނަނީ މި ގައުމަށް އިންޑިއާ އިން އެހީތެރިކަން ދެނީ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ބެހެއްޓުމަށް ކަމަށް ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: