ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ މަހު މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ނުހުޅުވާނެ: މައުސޫމް

ޝެއާރކޮށްލާ ކަހަލަދޯ؟

އޮކްޓޫބަރު މަހު ގެސްޓްހައުސްތައް އަލުން ހުޅުވަން ނިންމި ނަމަވެސް، މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ނުހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބުނީ އަންނަ މަހުގެ 15 ގައި ގެސްޓްހައުސްތައް ހުޅުވުމަށް ހުއްދަ ދޭއިރު އެ ރަށެއްގެ ކައުންސިލްގެ ބަހަކާއި، އެޗްޕީއޭ އަދި އެޗްއީއޯސީގެ ގައިޑްލައިނަށް ފެތިފައި ހުރިތޯ ބަލާނެ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ އަންނަ މަހު 15 ވަނަ ދުވަހު ގެސްޓްހައުސްތައް އަލުން ހުޅުވާލަން ރާވާފައިވީ ނަމަވެސް، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކޮވިޑް19 ފެތުރޭ މިންވަރަށް ބަލާއިރު އެ ސަރަހައްދުތަކުގެ ގެސްޓްހައުސްތައް ނުހުޅުވޭނެ ކަމަށެވެ.

“ނަމަވެސް މާލެ ސަރަހައްދުގައި މީހުން ޕޮޒިޓިވްވާ މިންވަރު ފަސް ޕަސެންޓަށްވުރެ ދަށްވެއްޖެނަމަ، ގެސްޓްހައުސްތައް ހުޅުވުމުގެ ފުރުސަތު ދެވިދާނެ ކަމަށް އެޗްޕީއޭއިން ލަފާދީފައިވަނީ.” މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު ރަށްރަށުގެ ކައުންސިލްތަކުންނާއި ގެސްޓްހައުސް ތަކުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ވެއެވެ. އެގޮތުން ކައުންސިލްތަކުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި އެރަށެއްގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ހުރުމާއި އެރަށެއްގައި ކޮވިޑް ޓާސްކްފޯހެއް އޮންނަން ޖެހުމުގެ އިތުރުން މީހަކު ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި ރީޖަނަލް ކޮވިޑް ފެސިލިޓީއަށް ގެންދާނެ ޓްރާންސްޕޯޓް ހިދުމަތް ހަމަޖެހިފައި އޮތުން އަދި ފްލޫ ކްލިނިކެއް ހުރުމާއި ހެލްތު ސެންޓަރުގައި އައިސޮލޭޝަން ރޫމެއް ހުރުން ހިމެނެއެވެ.

އެޗްޕީއޭ އިން ނެރުނު “ސޭފް ޓުއަރިޒަމް ގައިޑްލައިން” ގައިވާ ގޮތުން ގެސްޓްހައުސްތައް ހުޅުވަން މީގެކުރިން ނިންމާފައި އޮތީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 އަދިވެސް ފެތުރުން ކޮންޓްރޯލް ނުކުރެވޭތީ ސަރުކާރުން މިހާރު ނިންމާފައިވަނީ އަންނަ މަހުގެ ތެރޭގައި ގެސްޓްހައުސްތައް ހުޅުވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: