ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ރާއްޖެއަށް ވެދޭ އެހީގެ ބަދަލުގައި ބޭނުންވަނީ ބިމެއް ނޫން، ރަހުމަތްތެރިކަން: މަހްލޫފް

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއިން ރާއްޖެއަށް ވެދޭ އެހީގެ ބަދަލުގައި ބޭނުންވަނީ ބިމެއް ނޫން ކަމަށާއި ބޭނުން ވަނީ ހަމައެކަނި ރަހުމަތްތެރިކަން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ކެމްޕޭނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަތި އުނދަގޫތަކުން އަރައިގަތުމަށް ރާއްޖެއަށް އެންމެ ފުރަތަމަ އެހީގެ އަތެއް ދިއްކޮށްލާ ބަޔަކީ އިންޑިއާ ކަމަށެވެ. އެގޮތުން ނޮވެމްބަރު3 ގެ ހާދިސާ އާއި ފެނުގެ ކާރިސާ އާއި ރާއްޖޭގެ ޑިމޮކްރަސީ އިއާދަކުރުން ފަދަ ކަންކަމުގައި އިންޑިއާއިން ބޮޑެތި އެހީތަކެއް ވެފައިވާކަން މަހްލޫފް ފާހަގަކުރެއްވިއެވެ.

“އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކަށް 47 މިލިއަން ޑޮލަރު ހަރަދު ކޮށްފައިވޭ. އިންޑިއާއިން ރާއްޖެއަށް ވެދޭ އެހީގެ ބަދަލުގައި ބޭނުންވަނީ ބިމެއް ނޫން، ރަހުމަތްތެރިކަން.” މަހްލޫފް ވިދާޅުވިއެވެ.

އިންޑިއާގެ 100 އަށް ވުރެ ގިނަ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނާއިރު، ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް އަޅަން އުޅޭ ކަމަށްވެސް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެ ވާހަކަތައް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ދޮގު ކުރަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަވަށްޓެރި އިންޑިއާ އަށް ވުރެ ބޮޑަށް ރާއްޖެއިން ގުޅުންް ބަދަހިކޮށްފައިވަނީ ޗައިނާއާއެވެ. އެގޮތުން އެ ސަރުކާރުން ހިންގި ބޮޑެތި ގިނަ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވަނީ ވެސް ޗައިނާގެ ކުންފުނިތަކަށެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އަލުން ވަނީ އިންޑިޔާއާ ގުޅުން ބަދަހިކުރަން ފަށާފައެވެ. އަދި ރައްޔިތުންގެ ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ޗައިނާއަށް ތަފާތު އެކި ތުހުމަތުތައް ކުރައްވައި އެގައުމަށް ފާޑުކިޔުންތައް އަމާޒު ކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: