ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އއ.މަތިވެރި އިން ކޮވިޑް 19 އަށް މީހަކު ޕޮޒްޓިވް ވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އއ. މަތިވެރީގައި ކަރަންޓީން ކޮށްފައިހުރި ބިދޭސީއަކު ކޮވިޑް19 އަށް ޕޮޒްޓިވް ވެއްޖެއެވެ.

މަތިވެރީ ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް” ސަންގު” އަށް ވިދާޅުވީ އިންޑިއާއިން އައިސް ކަރަންޓީނުގައި ހުރި ނަރުހެއް އެ ރަށުން ޕޮޒްޓިވްވެފައިވާ ކަމަށާއި މި ކޭސް އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަންބެލުމުގެ މަސައްކަތް ކުރިއައްދާ ކަމަށެވެ.

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 137 މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފަވެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރޭގައި 96 ދިވެހިން ހިމެނެއެވެ. ދެން ފައްސިވީ ބަންގްލަދޭޝްގެ 26 މީހުންނާއި އިންޑިއާގެ 12 މީހުންނާއި ސްރީލަންކާގެ ތިން މީހެކެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 8140އަށް ވަނީ އަރާފަ އެވެ.

މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 129 ކޭސް ފެނިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ.

މާލެ ސަރަހައްދުން ބޭރުން ކޭސްތައް ފެނިފައިވަނީ މީހުން ދިރިއުޅޭ 40 ރަށަކުންނާއި 16 ރިސޯޓަކުންނެވެ. ރިސޯޓުތަކުން ފެނުނު ކޭސްތަކުގެ ތެރޭގައި ހިމެނެނީ 15 ޓޫރިސްޓުންނާއި 33 މުވައްޒަފުންނެވެ.

މިއަދު 73 ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 5338 އެވެ.

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން 29 މީހަކު ވަނީ މަރުވެފަ އެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 64%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: