ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: މިއަދު ރާއްޖެއިން ޕޮޒްޓިވްވީ 137 މީހުން

ކޮވިޑް19 އަށް ޓެސްޓްކުރުމުގެތެރެއިން... ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ 137  މީހުންނެވެ.

މިއަދު ފައްސިވި މީހުންގެ ތެރޭގައި 96 ދިވެހިން ހިމެނެއެވެ. ދެން ފައްސިވީ ބަންގްލަދޭޝްގެ 26 މީހުންނާއި އިންޑިއާގެ 12 މީހުންނާއި ސްރީލަންކާގެ ތިން މީހެކެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 8140އަށް ވަނީ އަރާފަ އެވެ.

މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 129 ކޭސް ފެނިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ.

މާލެ ސަރަހައްދުން ބޭރުން ކޭސްތައް ފެނިފައިވަނީ މީހުން ދިރިއުޅޭ 40 ރަށަކުންނާއި 16 ރިސޯޓަކުންނެވެ. ރިސޯޓުތަކުން ފެނުނު ކޭސްތަކުގެ ތެރޭގައި ހިމެނެނީ 15 ޓޫރިސްޓުންނާއި 33 މުވައްޒަފުންނެވެ.

މިއަދު 73 ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 5338 އެވެ.

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން 29 މީހަކު ވަނީ މަރުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: