ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތިވެރިން އިތުރު މީހަކު ކޮވިޑަށް ޕޮޒްޓިވް ވެއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

އއ. މަތިވެރިން ކޮވިޑް19 އަށް އިތުރު މީހަކު ޕޮޒްޓިވްވެއްޖެއެވެ. މިއީ އެރަށުން ޕޮޒްޓިވްވި ދެވަނަ މީހާއެވެ.

މަތިވެރީ ހެލްތް ސެންޓަރުގެި ޝީނިއަރ އެޑްމިނިސްޓުރޭޓަރ އޮފް ހެލްތް މުހަންމަދު މާޙިދު ވަނީ “ސަންގު” އަށް މިކަން ކަށަވަރުކޮށްްދެއްވާފައެވެ.

މާހިދު ވިދާޅުވީ  އެރަށުން މިއަދު ކޮވިޑަށް ފައްސިވެފައިވަނީ އުމުރުން 23 އަހަރުގެ އަންހެނެއް ކަމަށެވެ.

އެމީހުން ބައިތިއްބާފައި ތިބީ އެކައުންސިލުގެ ފަރާތުން ކާޒާމިއާ ގައި ކަމަށެވެ. ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި އެތަން އަންނަނީ ބޭނުން ކުރަމުންނެވެ.

މިއީ މަތިވެރިން ކޮވިޑަށް ފައްސިވީ ދެވަނަ މީހާ އެވެ. ކުރިން ފައްސި ވެފައިވަނީ އިންޑިއާ ރައްޔިތެކެވެ. އެރަށް މޮނީޓަރިންގ އަށް އަދި ނުލާ ކަމަށާއި އެހެން ނަމަވެސް އެޗްޕީއޭ އާއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް މާހިދު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
12%ވަރަށް ގަދަ 12%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 73%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: