ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްލަހަތު ގެއްލޭ ކަންކަމަށް ހިތްވަރު ނުދޭން ގޮވާލައިފި

އީސީގެ ރައީސް އަހުމަދު ޝަރީފު-- ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ކަންކަމަށް ހިތްވަރު ނުދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ގޮވާލައްވައިފިއެވެ.

ޝަރީފު އެގޮތަށް ގޮވާލެއްވީ “ޗެނަލް 13” އިގެ ލައިވް ޕްރޮގްރާމެއްގައި ބައިވެރިވެ ވާހަކަ ދެއްކި މީހަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ރޯކުރަން ގޮވާލައި ޓެރަރިޒަމަށް ވާގިދިން މައްސަލައަށް ރައްދުވާ ގޮތަށް ކުރެއްވެވި ޓްވީޓެއްގަ އެވެ.

ރައީސްގެ ހަށިކޮޅުގައި ގެއްލުންދިނުމަށް މީހަކު ގޮވާލާފައި ވަނީ ޗެނަލް13 އިން ގެނެސްދިން “ރައްޔިތުންގެ އަޑު” ކިޔާ ލައިވް ޕްރޮގްރާމަކަށް ފޯނުން ގުޅައި ވާހަކަދައްކަމުންނެވެ.

އެ ވާހަކަތައް ބްރޯޑްކާސްޓްކުރި މައްސަލާގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ޗެނަލް13 އަށް ފިޔަވަޅު އެޅުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

އެ މައްސަލާގައި ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް 13އިން ލައިވް ކޮށްފައިވާ މައްސަލަ ކޮމިޝަންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އަދި ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމަށެވެ.

މިކަމާ ގުޅިގެން ޗެނަލް 13 އިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބެހޭ ގޮތުން އެމީހާ ވާހަކަ ދެއްކީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ. އެމީހާ އެހެން ބުނުމާއެކު ވަގުތުން ފޯނު ކަނޑާލާފައިވާ ކަމަށް އެ ޓީވީ ޗެނަލުން ބުންޏެވެ.

ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދޭ ކަމަށް ޓީވީ ޗެނަލުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: