ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ރަޝީދާއި މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސްކޮށްފި

--އަލީ ރަޝީދު(ކ) އާއި މުހައްމަދު އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ނަންފުޅަށް ވެސް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވައިފިއެވެ.

ސުޕުރީމް ކޯޓުގައި ހުސްކޮށް އޮތް ދެމަގާމުގެ ތެރެއިން އެއް މަގާމަށް ގާޒީ އަލީ ރަޝީދު އައްޔަން ކުރަން ފާސްކުރީ، 55 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ޑރ. މުހައްމަދު އިބްރާހިމަށް 63 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މީގެތެރެއިން ގާޒީ އަލީ ރަޝީދު ހުސައިން އަކީ މިހާރު ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ބޭފުޅާއެވެ.

ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.

ސުުޕްރީމްކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު، ދެ ފަނޑިޔާރުންގެ މަގާމު އޮތީ ހުސްކޮށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: