ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓް މުވައްޒަފުންނަށް ޑިއުޓީ ނިންމާފައި ރަށަށް ދެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި

ޖޭއެސްސީގެ ރައީސް ހިސާން ހުސެން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟
ރިސޯޓުތަކުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް، އެމީހުންގެ ޑިއުޓީ ނިންމާ، ރޭގަނޑު ރަށަށް ނިދަން ދެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި އެވެ.

މި އިސްލާހު އެ ގާނޫނަށް ގެންނަން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އެވެ. އެ އިސްލާހު ފާސްވީ 61 މެމްބަރުންގެ ވޯޓާއެކުއެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވާ ކަމަށެވެ.

އަދި ރިސޯޓް ދޫކޮށް ދިއުމަށް ރިސޯޓްގެ އުޅަނދުފަހަރު ނޫން އުޅަނދުތައް ވެސް ބޭނުންކުރުމުގެ ލިބޭނެ ކަމަށާއި އަދި ވަޒީފާ އަށް އެނބުރި އަންނަން ބޭނުންކުރާ އުޅަނދު ރިސޯޓަށް ވަނުން މެނޭޖްމަންޓަށް މަނާ ނުކުރެވޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

ރިސޯޓު މުވައްޒަފުންނަށް އެމީހުންގެ ރަށަށް ނިދަން ދެވޭނެ ގޮތް ހެދުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު އެމްޑީޕީންވެފައިވާ ވައުދެކެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 44%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: