ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

68 ޕަސެންޓް މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 68 ޕަސެންޓު މަސައްކަތް ނިންމުމަށްފަހު މަޖިލިސް މިއަދު ޗުއްޓީ އަށް ހިނގައްޖެއްޖެއެވެ.

މިއަދު ބޭއްވި ދެވަނަ ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މި ދައުރުގެ ތެރޭގައި މަޖިލީހުން 21 ގާނޫނެއްގެ މަސައްކަތް ނިންމާފައިވާ ކަމަށާއި އަދި 9 ގަރާރަކާއި ސަރުކާރުން ހުށަހެޅި 18 މައްސަލައެއްގެ މަސައްކަތް ވެސް ނިންމާފައިވާ ކަމަށެވެ.

އަދި ރިޔާސަތުން ހުށަހެޅި 11 މައްސަލައަކާއި، 16 ކުއްލި މައްސަލައެއްގެ މަސައްކަތް ވެސް މަޖިލީހުން ނިންމާފައިވާ ކަމަށް އީވާ ވިދާޅުވިއެވެ. އޭގެއިތުރުން މެމްބަރުން ހުށަހެޅި ތިން މައްސަލަ އާއި އެހެނިހެން މައްސަލަތަކާ ގުޅޭ 29 ރިޕޯޓެއްގެ މައްސަލައެއްގެ އިތުރުން މި ދައުރުގައި ވަޒީރުންނާ 30 ސުވާލު ކުރެވިފައިވާ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

“ކުރީއްސުރެން ހުށަހެޅިފައިވާ މަސައްކަތުގެ ތެރެއިން 68 ޕަސެންޓު މަސައްކަތް މެމްބަރުން މި ދައުރުގެ ތެރޭގައި ނިންމަވައި ދެއްވައިފި” އީވާ ވިދާޅުވިއެވެ.

މީގެއިތުރުން އީވާ ވަނީ ކޮވިޑް-19 ގެ ހާލަތުގައި އެންމެ ދުވަހެއްގެ ބްރޭކެއް ވެސް މަޖިލީހުން ނުނަގާކަން ފާހަގަކުރައްވާ މެމްބަރުންނަށް އެހާ ފުރިހަމަކޮށް މަސައްކަތް ކުރިއަށް ގެންދެވުނީ މަޖިލީހުގެ މުވައްޒަފުންގެ ހީވާގިކަމުން ކަމަށްވާތީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: