ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްކުރާ ތަނުގެ 60 ޕަސެންޓް ދިވެހިންނަށް ހަދަން ހުށަހެޅި އިސްލާހު ފާހެއް ނުވި!

ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާގައި ބައިތިއްބަން ޖެހޭ ދިވެހިންގެ ނިސްބަތް 60 ޕަސެންޓަށް ހެދުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްނުކޮށް ބޭރުކޮށްލައިފިއެވެ.

އެ އިސްލާޙް ހުށަހަޅުއްވާފައި ވަނީ ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ހުސައިނެވެ.

އެ އިސްލާހުގެ އިތުރުން ވެސް އަލީ ވަނީ ނޯޓިސްދީފައި ވަޒީފާއިން ވަކިކުރުން ހުއްޓުވުމަށް ވެސް އިސްލާހު ހުށަހަޅާފައެވެ. ނަމަވެސް އެ އިސްލާހެއް ފާސްވެފައެއް ނުވެއެވެ.

އަލީ ހުސައިން ވަނީ އެ އިސްލާހުގެ އިތުރުން ބައެއް އިތުރު ކަންތައްތައް ވެސް އިސްލާހުގައި ހިމަނާފައެވެ. އެގޮތުން ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރަ، ގާނޫނުގައިވާ ގޮތުގެ މަތީން މިނިސްޓަރު ކަނޑައަޅުއްވަން ޖެހޭނެ އެވެ.

އެ އިސްލާހުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށްޓަކައި އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައިގެ އަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ ދޭންވާނެ ކަމަށެވެ. އަދި އެ ލަފާގައި ސިނާއަތްތަކަށް ވަކީން މިނިމަމް ވޭޖް ކަނޑައަޅާނަމަ އެކަން ތަފްސީލުކުރަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އަލީ ހުސައިން ހުށަހެޅި އިސްލާހުގައި އިތުރަށް ބުނެފައިވަނީ ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާ އަދާކުރާ ފަރާތުގެ ރުހުމުގައި ނޫނީ ބަދަލުކޮށްގެން ނުވާނެ ކަމަށެވެ.

އެގޮތުން އެކަންތައްތައް ވަޒީފާގެ ގާނޫނުގައި ހިމަނައި ގާނޫނަށް އިސްލާހު ގެނެސް އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި އަމަލުކުރަން ވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 6%ވަރަށް ދެރަ 89%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދިވެހިން ވީމަ ތިކަން ތައް ފާސް ނުވީ ބިދޭސީން ގެ ނަން ހިމެނި ނަމަ ވަގުތުން ފާސް ކޮއްލާ ނެ އެއްވެސް ޖެހި ލުމެއް ނެތި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: