ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ ވެރިންނާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އާންމުންނަށް ބައިވެރިވެ ސުވާލު ކުރެވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސްގެ ވެރިން މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް އެދިވަޑައިގަންފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހައިތަމް ފޮނުވާފައިވާ ސިޓީގައި ވަނީ ބޭންކް އޮފް މޯލްޑިވްސް އާއި ގުޅޭގޮތުން، ވަރަށް ގިނަ ރައްޔިތުން ދަނީ ގިނަ ޝަކުވާތަސޯޝަލް މީޑިއާއާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އުފުލަމުން ކަމަށާއި އެގޮތުން ރައްޔިތުން އުފުލަމުންދާ ޝަކުވާތަކުގެތެރޭގައި އެކައުންޓުން ގިނަ އަދަދަކަށް ފައިސާ ކެނޑުމާއި ބައެއް ޓްރާންސެކްޝަންތަކަށް އެއްފަހަރަށްވުރެ ގިނައިން ފައިސާކެނޑުމާއި އެފަދަ ކަންކަމުގައި ބޭންކުން ޖަވާބުދާރީވާންޖެހޭ ވަރަށް ޖަވާބުދާރީނުވުމުގެ މައްސަލަތައް ހިމެނޭ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ރައްޔިތުން ފާހަގަކުރައްވާ ޝަކުވާތަކަށް ބީއެމްއެލްއިން އެއްވެސް ވަރަކަށްއެ ރައްޔިތުންނަށް ޖަވާބުދާރީވާތަން ފެނިފައި ނުވާ ކަމަށާއި މި ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ ކަމުގައި ދެކިލައްވާ ކަމަށް ހައިތަމްގެ ސިޓީގައި ފާހަގަ ކުރައްވާފައި ވާއިރު، ރައްޔިތުން ބައިވެރިވެ ސުވާލުކުރެވޭ ގޮތަށް، ބީއެމްއެލްގެ ވެރިންރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް، ޖަވާބުދާރީ ކުރުވުމުގެ އިންތިޒާމް ހަމަޖައްސަވާ ދެއްވުމަށްވެސް އެދިލައްފާދައި ވެއެވެ.

ރައްޔިތުންގެ މި ޝަކުވާތަކާއި ގުޅިގެން ބީއެމްއެލް އިން މިއަދު ވަނީ ބަޔާނެއްވެސް ނެރެފައެވެ.

ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަސްޓަމަރުންގެ އެކައުންޓުތަކުން ކަނޑާފައި އެވަނީ ކުރިން އެފަރާތްތަކުން ކޮށްފައިވާ މުއާމަލާތްތަކުގެ ފައިސާ ކަމަށާއި އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް އެމުޢާމަލާތަކަށް “ކްލިކް” ކޮށްލުމުން، މުޢާމަލާތް ކޮށްފައިވާ ތާރީޚު އެނގެން ހުންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: