ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ކޯލިޝަނަކީ ބޭރު ގައުމެއްގެ ޕަޕެޓަކަށް ވާނެ ބައެއް ނޫން: އާދަމް ޝަރީފް

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަކީ ބޭރު ގައުމެއްގެ ޕަޕެޓަކަށް ވާނެ ބައެއް ނޫން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެމްސީގެ ނައިބް ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ޗައިނާ އިން މަސައްކަތް ކުރަނީ ފައިސާ ދީގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ކުރަން ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ކޯލިޝަނަކީ ސިޔާދަތާއި ގައުމިއްޔަތަށް ނުރައްކާވާނެ އަދި ބޭރު ގައުމެއްގެ ޕަޕެޓަކަށް ވާނެ ބައެއް ނޫން ކަމަށެވެ.

ބޭރު ގައުމުތަކުގެ ސިފައިން ރާއްޖެ ހިފަން ގޮވާލައި ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރު މިހުން ވެއްދުމަކީ ޕީޕީއެމް/ޕީއެންސީން ކުރާނެ ކަމެއް ނޫން.” ޝަރީފް ވިދާޅުވިއެވެ.

ރޭ ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި އާޒިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ޗައިނާ އިން ނުވަނުމަށް އެދޭ ކަމަށާއި ފައިސާ ދީގެން ކަންކަން ނުކުރުމަށް ގޮވާލާ ކަމަށެވެ.

“ކަނޑައެޅިގެން ޗައިނާއިން ފައިސާ ދީގެން އަޅުގަނޑުމެންގެ މިއޮތް މާހައުލު، އަޅުގަނޑުމެންގެ މިގައުމު ހަލަބޮލި ކުރަން. މިއޮތް ނުރައްކާތެރި ދަނޑިވަޅުގައި މިގައުމު ހަލަބޮލި ކުރަން އެކުރާ މަސައްކަތް ނުކުރައްވާށޭ. އަޅުގަނޑު ބޭނުން ޗައިނާ ސަރުކާރަށް ވެސް އަދި ޗައިނާ ސަފީރާ އަޅުގަނޑު ބޭނުން މިވާހަތަކައް ދަންނަވަން. އެހެން ނަހައްދަވާށޭ” އާޒިމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަވަށްޓެރި އިންޑިއާ އަށް ވުރެ ބޮޑަށް ރާއްޖެއިން ގުޅުންް ބަދަހިކޮށްފައިވަނީ ޗައިނާއާއެވެ. އެގޮތުން އެ ސަރުކާރުން ހިންގި ބޮޑެތި ގިނަ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވަނީ ވެސް ޗައިނާގެ ކުންފުނިތަކަށެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އަލުން ވަނީ އިންޑިޔާއާ ވަރަށް ބޮޑަށް ގުޅުން ބަދަހި ކޮށްފައެވެ. އަދި އިންޑިއާއިން ވަނީ ރާއްޖެއަށް ގިނަ ގޮތްގޮތުން އެހީވެސް ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: