ރ. އަތޮޅު މަޑުއްވަރީ ކައިރީގައި އޮތް ފަޅުރަށެއް ކައިރިއަށް ބަންޑުން ޖަހާލި ޑިންގީގައި ދަތުރުކުރި މީހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ މަޑުއްވަރީ ކައިރީ ފަޅު ރަށެއްގެ ފަޅު ތެރެއަށް ޑިންގީއެއް ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:10 ހާއިރު ކަމަށެވެ. އަދި އެ ރިޕޯޓް ލިބުމާއެކު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ވަނީ ފަށާފައެވެ.
އެގޮތުން ބަންޑުން ޖަހާލި ޑިންގީގައި ތިިބި ހަތަރު މީހުން ސަލާމަތްކޮށްގެން މަޑުއްވަރީއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސް ދުވަސްވަރަކަށްވާއިރު، ކަމާބެހޭ ފަރާތްތަކުން އަންނަނީ މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމުންނެވެ.