ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގދ. ތިނަދޫއިން ނެގި ހުރިހާ ރެންޑަމް ސާމްޕަލްތައް ނެގެޓިވް!

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދުއިން ކޮވިޑް-19 އަށް ޕޮޒިޓިވް ދެ ކޭސް ފެނުމާ ގުޅިގެން އެ ރަށުން އެ ބައްޔަށް ޓެސްޓު ކުރުމަށް ނެގި ހުރިހާ ރެންޑަމް ސާމްޕަލްވެސް ނެގެޓިވްވެއްޖެއެވެ.

އެރަށުގައި ބަލި ފެތުރޭތޯ ބެލުމަށް ރެންޑަމް ސާމްޕްލިން ނަގާފައިވަނީ އެރަށުން ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނިގޮތުގައި ދެ މީހަކު އެ ރަށުން ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް ނެގުނު 77 ރެންޑަމް ސާމްޕަލްވެސް ވަނީ ނެގެޓިވްވެފައެވެ.

ތިނަދޫއިން ޕޮޒިޓިވް ވެފައިވަނީ އެރަށުގެ މީހަކާއި އެރަށާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ބިދޭސީއެކެވެ.

ތިނަދޫ އިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އުމުރުން 68 އަހަރުގެ ފިރިހެނެކެވެ. އޭނާ ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދަން އުޅުމުން އެރަށުގެ ބަޔަކުވަނީ އެކަމާއި މުޒާހަރާކޮށް، އެމީހާ ވިލިނގިއްޔަށް އެރުވުން ހުއްޓުވާފައެވެ. އެހެންކަމުން އޭނާ މިދިޔަ ހޯމަ ދުވަހު ވަނީ ފަރުވާއަށް މާލެ ގެނެސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: