ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހީ ވާން މިތިބީ ތައްޔާރަށް، އަޅުގަނޑު ވެސް މިއީ ހަ މިލިއަން މީހުންނަށް ވެކްސިން ދިން މީހެއް: ޑރ. ވަހީދު

އިދިކޮޅުން މާލޭގައި ބޭއްވި އިހުތިޖާޖެއްގެ ތެރެއިން ޑރ. ވަހީދު/ ފޮޓޯ: އަަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ނުރައްކާތެރި ސްޕީޑެއްގައި ފެތުރެމުންދާ ކޮވިޑު-19 އަށް ފަރުވާއެއް ހޯދި، ވެކްސިނެއް އުފެއްދުނު ނަމަވެސް މި ސަރުކާރުގައި ހުރިހާ ރައްޔިތުންނަށް އެ ވެކްސިން ދެވޭނެ ގާބިލުކަމެއް ނެތް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްނަގައިގެން މާލޭގައި ބޭއްވި ސިޔާސީ ހަރަކާތުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ގަވައިދުތަކާއި ހިލާފުވެފައިވާތީ ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އަދި އޭގެ ތެރެއިން ބައެއް ބޭފުޅުން އޮންނަ އުސޫލުގެ ތެރެއިން ޖޫރިމަނާވެސް ކޮށްފައިވާއިރު ޑރ. ވަހީދު ވެސް ވަނީ 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

ގާތްގަނޑަކަށް ދޮޅުގަނޑިއެއްހާ އިރު ފުލުސް އޮފީހުގައި ހޭދަ ކުރެއްވުމަށް ފަހު ނިކުމެ ވަޑައިގެން މީޑިއާތަކާއި ބައްދަލު ކުރައްވާ ޑރ. ވަހީދު ވިދާޅުވީ އިދިކޮޅުން މާލޭގައި ކުރިޔަށް ގެންދިޔަ އެއްވުމުގައި އިހުތިޖާގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަ ދައްކާފައިވާނެ ކަމަށާއި، އެހެން ނަމަވެސް އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާލުވެފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޑރ. ވަހީދު ވިދާޅުވީ ފޭސް މާސްކުގެ މައްސަލައިގައި ފުލުހަށް ހާޒިރު ކުރިއިރު އޭނާ އަކީ މާސްކު އެޅުން މަޖުބޫރު ކުރުމުގެ ކުރިން ވެސް މާލޭގެ މަގުތަކަށް ނިކުމެ އުޅުމުގައި މާސްކު އެޅުއްވި ބޭފުޅެއް ކަމަށެވެ. އަދި އޭރު ސަރުކާރުން މި ގަވައިދަށް އަމަލު ކުރަން އެންގިނަމަ މާލޭގައި މިހާ ސީރިއަސް ގޮތެއްގައި ބަލި ފެތުރިގެން ނުދިޔައީސް ކަމަށް ޑރ. ވަހީދު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ކޮވިޑު ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް ފާޑުވިދާޅުވެ ޑރ. ވަހީދު ވަނީ މާލޭގައި ކޮވިޑު ފެތުރެން ދިމާވީ އެންމެ ބޮޑު ސަބަބަކީ މާސްކު މަޖުބޫރު ނުކޮށް ލަސްކުރުން ކަމަށް ވިދާޅުވެފައެވެ.

“ދެން އަޅުގަނޑު ދަންނަވަން އޮތީ ކޮވިޑު ކޮންޓްރޯލް ކުރުމަށް ހުރިހާ ފަރާތެއްގެ ވެސް އެހީތެރިކަން އެބަ ބޭނުންވެޔޭ. އާއްމު ރައްޔިތުންގެ އިތުރުން އަދި މިރާއްޖޭގައި އެބަތިބި ދެއްތޯ މިކަހަލަ އެމަޖެންސީތައް އެކި ގޮތްގޮތުން މެނޭޖު ކުރި މީހުން. ޕަބްލިކް ހެލްތުގެ ވަރަށް ބޮޑެތި މާހިރުން އެބަތިއްބެވި. އދ. ގައި ވެސް ގާތްގަނޑަކަށް 15 އަހަރު 16 އަހަރު ހޭދަ ކުރެއްވި ބޭފުޅުން ވެސް އެބަތިއްބެވި މި ރާއްޖޭގައި. އަޅުގަނޑަކީ ވެސް މިއީ އޭގެ މީހެއް” ޑރ. ވަހީދު

ޑރ. ވަހީދު ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ވެސް ކޮވިޑު ބަލީގެ ވެކްސިނެއް ހޯދުނު ނަމަވެސް ސަރުކާރުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބަލީގެ ވެކްސިން ދެވޭނެހާ ގާބިލްކަމެއް އަދި ކެޕޭސިޓީއެއް ނެތް ކަމަށެވެ.

ސަރުލާރުން ސިއްހީ ދައިރާގެ މާހިރުންގެ އެހީއެއް ނުވަތަ ލަފައެއް ނުހޯދާ ކަމަށާއި ބޮޑެތި ޕެންޑެމިކްތައް ހޭންޑަލް ކުރި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ ފަރާތައް ވެސް ރާއްޖޭގައި އެބަތިބި ކަމަށް ޑރ. ވަހީދުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. ޑރ. ވަހީދު ވިދާޅުވީ ހުރިހާ އެންމެން ގުޅިގެން ބަލި ކޮންޓްރޯލް ކުރަން ޖެހޭ ކަމަށާއި، އަދި އެންމެވެސް ތިބީ އެހީވެދޭން ތައްޔާރަށް ކަމަށެވެ.

“އެކަން ކުރުމުގެ ތަޖުރިބާ އަޅުގަނޑުމެންގެ އެބަހުރި. އަޅުގަނޑު އަފްގާނިސްތާނުގައި 06 މިލިއަން މީހުންނަށް ވެކްސިން ދިނުމުގް ޕްރޮގްރާމެއް ހިންގީމު.” ޑރ. ވަހީދު

ކޮވިޑުގެ ސަބަބުން ރާއްޖެ ވަރަށް ނިކަމެތި ހާލަތަށް ގޮސްފައިވާއިރު، މާލީ ގޮތުން ރާއްޖޭގެ ރައްޔިތުންނަށް އެތައް ދަތިތަކެއް ވަމުންދާ ކަމަށް ޑރ. ވަހީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑު އެންމެ ބާރަށް ފެތުރެމުން ދިޔަ ދުވަސްވަރު ވެސް، އިދިކޮޅުން ވަނީ މާލޭގެ މަގުތަކުގައި މުޒާހަރާކޮށްފައެވެ. އެހެން ނަމަވެސް އެ މުޒާހަރާތައް ވެސް އެންމެ ފަހުން ހުއްޓާލާފައިވަނީ ކޮވިޑު ފެތުރުން ހުއްޓުމަށް ގެނައުމަށް ކަމަށް ބުނެއެވެ.

އެއަށްފަހު މާލޭގައި ޖުރިމަނާ ކުރުމާއި ދެކޮޅަށްގެ ނަމުގައި ބޮޑު އެއްވުމެއް ބޭއްވިއިރު، މާލޭގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި މިފަދަ ހަރަކާތެއް ބޭއްވުމުން އާއްމުން ވެސް ވަނީ ފާޑުކިޔުންތަކެއް ކިޔާފައެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 38%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: