ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ބަޔާން ހުށަހެޅުން ލަސްވީ ބޭނުންވާ ބައެއް މައުލޫމާތު ހޯދުމުގައި ދަތިތަކެއް ހުރުމުން: ޑީއާރުޕީ

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލީ ބަޔާން ހުށަހެޅުން ލަސްވީ ބޭނުންވާ ބައެއް މައުލޫމާތު ހޯދުމުގައި ދަތިތަކެއް ހުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މަޖިލިސް ގަވައިދުގައި ބުނާ ގޮތުން މަޖިލިސް މެމްބަރުންނާއި އެ މެމްބަރުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ކޮންމެ އަހަރެއްގެ އޮގަސްޓް 31ގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. އަދި މެމްބަރުގެ މާލީ ބަޔާން މަޖިލިސް ވެބްސައިޓުގައި ޝާއިއުކުރަން ޖެހޭ ކަމަށް ގަވައިދުގައި ބުނެއެވެ.

މިއަދު މަޖިލިސް ވެބްސައިޓުގައި މާލީ ބަޔާން ހުށަހެޅި ހުރިހާ މެމްބަރުންގެ މާލީ ބަޔާން ހާމަކޮށްފައިވާއިރު، މާލީ ބަޔާން ނެތީ ޖާބިރާއި މުލަކު ދާއިރާގެ މެމްބަރު އިބްރާޙިމް ނަސީރުގެ އެކަންޏެވެ.

މަޖިލީހުން ޖާބިރަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ 2 މޭ 2019 އިން 27 މޭ 2020 އަށް ހުށަހަޅުއްވަންޖެހޭ މާލީ ބަޔާން 31 އޮގަސްޓުގު 2020 ވަނަ ދުވަހުގެ ކުރިން ހުށަހަޅުއްވާފައި ނުވާތީ މަޖިލިސް ގަވައިދުގައ 70 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުގެ މަތިން 15 ދުވަހުގެ ތެރޭގައި މާލީން ބަޔާން ފޮނުވައިދިނުމަށް އެދޭ ކަމަށެވެ.

އެކަމާ ގުޅިގެން ޑީއާރުޕީން ވިދާޅުވީ ޖާބިރުގެ މާލީން ބަޔާން މަޖިލިސްގެ ގަވާއިދުގެ ތެރެއިން އިތުރަށް ދެއްވާފައިވާ 14 ދުވަހުގެ މުހުލަތުގައި ހުށަހަޅުއްވާނެ ކަމަށެވެ. ބަޔާން ހުށަހެޅުން ލަސްވީ ބޭނުންވާ ބައެއް މައުލޫމާތުތައް ހޯދުމުގައި ކޮވިޑް-19އާ ގުޅިގެން ދަތިތަކެއް ހުރުމުން ކަމަށް ޑީއާރުޕީން ބުނެއެވެ.

ގަވައިދުގައި ބުނާ ގޮތުން، އިތުރު މުއްދަތު ދީގެންވެސް މެމްބަރަކު މަލީ ބަޔާން ހުށަނާޅައިފި ނަމަ މަޖިލީހުގެ ރިޔާސަތުން އެ މެމްބަރެއްގެ ނަން އިއްވަން ޖެހެއެވެ. އެއަށްފަހު އެ މެމްބަރަކަށް މަޖިލިސް ޖަލްސާއެއްގައިވެސް އަދި ކޮމިޓީއެއްގައިވެސް ބައިވެރިވެވޭނީ މަލީ ބަޔާން ހުށަހެޅުމަށްފަހު ކަމަށް ގަވައިދުގައި ބުނެއެވެ. އަދި ރިޔާސަތުން ނަން އިއްވުމަށްފަހު މަލީ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް މެމްބަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުންދާނެ ކަމަށް ގަވއިދުގައި ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: