ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯނޑެއްދޫއިން ޕޮޒިޓިވްވި އުމުރުން ދުވަސްވީ ދެމީހަކު ވިލިނގިލި ފެސިލިޓީއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ހޯނޑެއްދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ ދެ މީހަކު ގއ. ވިލިނގިލީގައި ގާއިމް ކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ބަދަލުކޮށް އެޑްމިޓް ކޮށްފި އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ހޯޑެއްދޫގައި ޕޮޒިޓިވް ވެފައިވާ އުމުރުން ދުވަސްވީ ދެ މީހަކު ވިލިނގިލީ ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ބަދަލު ކޮށްފައި ވަނީ އުމުރުން 80 އަހަރުގެ ފިރިހެނަކާއި 64 އަހަރުގެ އަންހެނެއް ކަމަށާއި އެ ދެ މީހުންގެ ހާލު އެހާ ރަނގަޅު ނޫން ކަމަށް އެޗްއީއޯސީން ބުނެއެވެ.

އެމީހުން އެ ފެސިލިޓީއަށް މިރޭ ބަދަލު ކޮށްފައި ވާއިރު، މަޑަވެލި އަދި ހޯޑެއްދޫން ނެގި ސާމްޕަލްގެ ތެރެއިން 13 ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށާއި އަދި ނަތީޖާ ނުލިބި 147 ސާމްޕަލް އެބަހުރި ކަމަށް ރޭ އެޗްއީއޯސީން ވަނީ ބުނެފައެވެ.

ހޯނޑެއްދޫއަށް ކޮވިޑް ބަލި ދިޔަގޮތް ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އެ ރަށުގައި ބަލި ޖެހިފައި ތިބި އެންމެން ދެނެގަތުމުގެ މަސައްކަތާއި އެ ރަށުގައި ބަލި އިތުރަށް ފެތުރުުމުގެ ފުރުސަތު ބަންދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ވެސް ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: