ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އައި މީހެއްގެ އަތުން 3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އަށް އައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ރޭ ރާއްޖެ އައި އުމުރުން 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ ލަގެޖު ބަލާ ފާސްކުރިއިރު ކެނެބިސް އަށް ޝައްކު ކުރެވޭ ހިކި ފަތްތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމުން ކެނަބިސް އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެތަކެތީގެ ބަރުދަނުގައި ޕެކިންގްއާއެކު 4.4 ކިލޯ ހުރިއިރު އެތަކެތީގެ މަގުމަތީ އަގު 3.55 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

އެ މައްސަލާގައި ހައްޔަރު ކުރި މީހާ އާއި އޭނާގެ އަތުން ފެނުނު ތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: