ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އެޗް.އީ.އޯ.ސީ އަށް ޒިޔާރާތްކުރައްވާ އެ ތަނުގެ މަސައްކަތްތައް ބައްލަވާލައްވައިފި

ފޮޓޯ/ ރަައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ޒިޔާރާތްކުރައްވައި، ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރައްވައިފިއެވެ.

ރައީސް ކުރެއްވި މި ޒިޔާރަތުގައި އެޗް.އީ.އޯ.ސީ ގައި މިއަދު  ބޭއްވެވި ހެލްތް އިމަރޖެންސީ ކޯޑިނޭޝަން ކޮމިޓީގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޯވިޑް-19 އިޖާބައިގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް، އަދި ވަކިން ޚާއްޞަކޮށް ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިމަތިވި ދަތި އުނދަގޫ ގޮންޖެހުންތަކާއި، ފިޔަވަޅުތަކާއިއެކު ވެސް އެ ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ދުވަސްވަރު މާލެ ސަރަޙައްދުން ކޯވިޑް-19 ބަލި ޖެހެމުންދާ މީހުންގެ އަދަދުތައް ދަށްވަމުންދިޔަ ނަމަވެސް، ރާއްޖޭގެ އެހެން ސަރަޙައްދުތަކުން މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއިއެކު، އެ ކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗް.އީ.އޯ.ސީ.ގެ ބައްލުވުމުގެ ބައިވެރިންގެ ކިބައިން ރައީސްވަނީ އެދިވަޑައިގަންނަވާފައެވެ. އަދި، މިއީ ސަރުކާރުން ވެސް މި ވަގުތު އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭ އެއް ކަންތައްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޒިޔާރަތުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެޗް.އީ.އޯ.ސީ.ގައި ގާއިމުކޮށްފައިވާ އެކި މުއައްސަސާތަކުގެ ސްޓޭޝަންތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. އަދި، އެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ވަނީ އެބޭފުޅުންގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: