ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރި ބަނދަރުން ދަންވަރުގެ ހިދުމަތަށް ނަގާ ސާޗާޖު ކަނޑާލުމުން ފަސޭހަތަކެއް ވާނެ: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތައް/ ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭގެ ވިޔަފާރި ބަނދަރުން ދަންވަރު ގަޑީގައި ހިދުމަތް ދޭން، ނަގަމުން ގެންދާ 30 އިންސައްތަ ޗާޖު ކަނޑާލުމުން ވިޔަފާރިވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭގެ ވިޔަފާރި ބަނދަރުން ދަންވަރު ގަޑީގައި ހިދުމަތް ދޭން، ނަގަމުން ގެންދާ 30 އިންސައްތަ ޗާޖު ކަނޑާލުމަށް ނިންމާ އެކަން އާއްމުކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ރޭގަނޑު ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން 23:30 އިން ހެނދުނު 7:30 އަށް ނަގަމުން ދިޔަ 30 އިންސައްތައިގެ ޗާޖު މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އަދި މި ކުންފުނީގެ ބެލުމުގެ ދަށުގައިވާ ބަނދަރު ތަކުން ނަގާ ހޭންޑްލިން އަދި ވޯފޭޖް ޗާޖުތައް އެ މުއްދަތުން ފެށިގެން ބަދަލު ގެންނާނެ ކަމަށް ވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

އެމްޕީއެލްއިން މިގޮތަށް ނިންމާފައިވަނީ، ކުންފުނިން ސާޗާޖު ނަގާތީކަމަށް ބުނެ އެޖެންޓުންތައް އިތުރު ފީތަކެއް ނަގަމުންދާތީ އެވެ. މި ބަދަލާއި އެކު އެކި ނަންނަމުގައި ނަގާ ފީތަކަށް ނިމުމެއް ވެސް އަންނާނެ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

މި މައުޟޫއަށް ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަހުމަދު އިނާން ވިދާޅުވީ އެމްޕީއެލްއިން ސާ ޗާޖެއް ތައާރަފްކޮށްފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އޭގެ ކުރިން މަސައްކަތް ކުރަމުން އައީ ދެ ޝިފްޓަކަށް ކަމަށާއި، އެ އަހަރުގެ ތެރޭގައި އެމްޕީއެލްގެ މަސައްކަތްތައް ތިން ޝިފްޓްއަކަށް ބަދަލުވެ ރޭގަނޑުގެ 11:30 އިން ފެށިގެން ހެނދުނުގެ 07:30 އަށް މަސައްކަތުގެ ގަޑި ކަނޑައެޅިގެން ދިޔަ ކަމަށެވެ. މިއާއި އެކު ހަރަދުތައް ވެސް އިތުރުވާނެތީ އެހެން ޕޯޓުތަކުން ވެސް ނަގާ ދަންވަރު ސާރ ޗާޖު ނެގުމަށް ނިންމީ ކަމަށް އިނާން ވިދާޅުވިއެވެ.

ދަންވަރު ގަޑީގައި ސާރ ޗާޖެއް ނަގަނީ އާއްމުކޮށް ދޭ ހިދުމަތްތަކުގެ ނަގާ އަގުގެ 30 އިންސައްތަކަމަށް އިނާން ވިދާޅުވިއެވެ. އެހެން ނަމަވެސް މި ޗާޖުގެ ސަބަބުން ވިޔަފާރިވެރިންނަށް ދަތިތަކެއް އައި ކަމަށާއި، އެމްޕީއެލްއިން ހަމައެކަނި ދަންވަރު ގަޑީގައި ބާލާ ކޮންޓެއިނާތަކަށް ޗާޖު ކުރާ ވަރުނަމަވެސް ލައިނާތަކުން ސާރ ޗާޖު ހުރިހާ ވެސެލްއަކުން ވެސް ނަގަމުން ދިޔަ ކަމަށެވެ.

“އެހެންވީމަ މި ޝަކުވާ ކޮންމެވެސް ވަރަކަށް ވިޔަފާރިވެރިންގެ ފަރާތުން ސަރުކާރަށް ވެސް ގޮސްގެން މިނިސްޓްރީން ވެސް އައިސް މި ކޮންސާން ރެއިޒް ކުރުމާއި އެކު އެމްޕީއެލްއިން ނިންމީ ހައްލެއްގެ ގޮތުން ސާޗާޖު ކަނޑާލަން.” އިނާން

އިނާން ވިދާޅުވީ ސާޗާޖުގެ ގޮތުގައި 50 އާއި 60 ޑޮލާރާއި ދެމެދުގެ އަގެއް ނެގޭ ކަމަށާއި، އޭގެއިން އެމްޕީއެލްގެ ރެވެނިއުއަށް އަސަރު ކުރާކަމަށް އިނާން ވިދާޅުވިއެވެ. އެގޮތުގެ ތެރެއިން އާމްދަނީއަށް ބަދަލުތަކެއް އަންނާނެތީ އަގުގެ ބަދަލުތަކެއް ހޭންޑްލިން އާއި ވާރފޭޖަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހޭންޑްލިން ވޯލްފޭޖަށް ގެނައި 07 ޕަސަންޓުގެ ބަދަލެއް ކަމަށާއި، އެއީ ފައިސާއިން ބަލާނަމަ 200 އެއްހާ ރުފިޔާކަމަށް އިނާން ވިދާޅުވިއެވެ.

“އެހެން ވީމަ 50-60 ޑޮލަރު ކެނޑިގެން ގޮސް ވިޔަފާރިވެރިން ދައްކަން މިޖެހެނީ 200 ރުފިޔާ. އެހެންވީމަ އަޅުގަނޑަށް ހީވަނީ މީގެއިން 500 އެބަ ސަލާމަތް ވޭހެން ކޮންމެ 20 ފުޓޫގެ ކޮންޓެއިނާއަކަށް ބެލިކަމުގައި ވީ ނަމަވެސް” އިނާން

ސާރ ޗާޖު ކަނޑާލި ނަމަވެސް ވިޔަފާރިވެރިން ދައްކަން ޖެހޭ އަދަދު ދަށް ނުވާނެ ކަމަށް ދެކެވޭ ވާހަކައަށް ސުވާލު ކުރުމުން އިނާން ވިދާޅުވީ ވިޔަފާރިވެރިން ދައްކަން ޖެހޭ އަދަދު ކުޑަވާނެ ކަމަށެވެ. މީގެ ކުރިން ވިޔަފާރިވެރިން މުދާ ކްލިއާ ކުރާއިރު ހޭންޑްލިމް ވާލްފޭޖް ދައްކާއިރު، 30 އިންސައްތައިގެ ސާރ ޗާޖަކީ އެމްޕީއެލްއަށް ދައްކަން ވިޔަފާރިވެރިންގެ އަތުން ނަގާ ޗާޖެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހޭންޑްލިން ވާލްފޭޖާއި ގުޅޭގޮތުން އިނާން ވިދާޅުވީ، ބޭނުންވަނީ އިތުރު ފަރާތެއް މެދުވެރިކޮށް، ފައިސާ ދެއްކުމުގެ ބަދަލުގައި ސީދާ ވިޔަފާރިވެރިޔާ އެ ޗާޖު އެމްޕީއެލްއަށް ދައްކަން ކަމަށެވެ.

އެމްޕީއެލް ސަރަހައްދަކީ ކާރުބާރުބޮޑު ސަރަހައްދެއް ކަމަށްވާއިރު ރާއްޖެއަށް އެތެރެ ކުރެވޭ މުދަލުގެ 90 އިންސައްތައެއްހާ މުދާ ރާއްޖެއަށް ގެންނަނީ ކަނޑުމަގުންނެވެ. އަދި އެ މުދަލުގެ ތެރެއިން ގިނަ މުދާތައް ގެންނަނީ ކޮންޓެއިނަރުތަކުގައެވެ. އެމްޕީއެލްއިން ބުނެފައިވަނީ ހުރިހާ މުދަލެއް ވެސް އެމްޕީއެލްގެ ޕޯޓު ސަރަހައްދަށް ގެންނައިރު، އެތަނުން ކޮންޓެއިނަރުތައް ގެނެރަލް ގުޑްސްގެ ގޮތުގައި ބޭލުމަށްފަހު ދެން ކްލިއާ ކުރުމުގެ މަސައްކަތް ފެށޭ ކަމަށެވެ. އަދި ގިނަ އަދަދެއްގެ މުދާތައް އެއްގަމަށް އެތެރެ ވާއިރު، ކޮންޓެއިނާތައް ލޮރީތަކަށް ބަރުކޮށް މާލޭގެ ގުދަންތައް ނުވަތަ ފިހާރަތަކަށް ގެންދެވޭ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

މުޅި ރާއްޖެއަށް ވެސް އަދި މާލެއަށް ވެސް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ އެއީ، ލޯކަލް ހާބަރުތަކަށް ދިމާވާ ކޮންޖެޝަންސްކަމަށާއި މިހާރު މިދިމާ މައްސަލަތައް ނުނިކުންނާނެ ވަރުގެ ލޯކަލް ޕޯޓެއްކަމަށް އެމްޕީއެލްއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: