ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފަސްގަނޑަކީ ބޮޑު ދެ ގެރި ތަޅާ މައިދާނަކަށް ވުމަކީ ބިރުވެރިކަމެއް: އާދަމް ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި މިފަސްގަނޑަކީ ބޮޑު ދެ ގެރި ތަޅާ މައިދާނަކަށް ވުމަކީ ބިރުވެރިކަމެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގައި އިންޑިއާގެ ހަތިޔާރު އެޅި 100 އަށް ވުރެ ގިނަ ސިފައިން އެބަތިބި ބުނެ އެ ފަރާތްތައް ރާއްޖެއިން ބޭލުމަށް ގޮވާލާ އަޑު ގަދަވަމުންދާ ދުވަސްވަރެއްގައެވެ.

އެގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެވަނަ ފަލަސްތީނަކަށް މިޤައުމުވާން ދޫކޮށްލައިގެން ނުވާނެ ކަމަށާއި އަންނަން އޮތް ޖީލުތަކުގައި މިވަޠަންގެ ސިޔާދަތާއި މިނިވަންކަން ދަމަހައްޓައި އިސްލާމީ ވަޙުދަތު ރައްކާތެރި ކުރުމަށް ހުރިހާ ދިވެހިން އަތުގުޅާލަން ޖެހޭ ކަމަށެވެ.

“މިފަސްގަނޑަކީ ބޮޑު ދެ ގެރި ތަޅާ މައިދާނަކަށް ވުމަކީ ބިރުވެރިކަމެއް.” އިންޑިއާ އަދި ޗައިނާ އަށް ނިސްބަތް ކުރައްވާ އާދަމް ޝަރީފު ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒުތަކެއް އަޅަން އުޅޭ ކަމަށްވެސް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް މި ވާހަކަތަކާ ގުޅިގެން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ރާއްޖޭގައި އެހެން ގައުމެއްގެ މިލިޓަރީ ނުވަތަ އަސްކަރީ ޕްރެސެންސެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: