ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހްތިޖާޖު ކުރި ހުޅުމާލޭ ހޮސްޕިޓަލް މުވައްޒަފުންގެ ވަޒީފާ ދަށްކުރި ކަމަށް ބުނާ މައްސަލަ އިދިކޮޅުން ކުށްވެރިކޮށްފި

ހުޅުމާލެ ހޮސްޕިޓަލްގެ މުވައްޒަފުން ކުރި އިހްތިޖާޖްގެ ތެރެއިން --- ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިހްތިޖާޖު ކުރި ހުޅުމާލޭ ހޮސްޕިޓަލް މުވައްޒަފުންގެ ވަޒީފާ ދަށްކުރި ކަމަށް ބުނާ މައްސަލަ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކުށްވެރިކޮށްފިއެވެ.

ކޮވިޑް-19އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތްކުރާ ނަރުހުންނާއި ސިއްޙީ ޚިދުމަތްރިންނަށް ދިނުމަށް ހަމަޖެހިފައިވާ ފްރަންޓްލައިން އެލަވަންސް ދިނުމުގައި ސަރުކާރުން ތަފާތު ކުރުންތައް ގެންގުޅޭތީ އެކަމާމެދު ހިތްހަމަ ނުޖެހިގެން، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ގެންދާ ނަރުހުންތަކެއް ވަނީ އިޙްތިޖާޖު ކޮށްފައެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި އިހްތިޖާޖްގައި ބައިވެރިވި ފަރާތްތަކާމެދު ސަރުކާރުގެ ފަރާތުން ވަރަށް އިހާނެތިކޮށް ޢަމަލުކޮށް ފިޔަވަޅުއަޅާ އަދި ބައެއް ވެރިން ޑިމޯޓްކޮށްފައިވާތީ ކަންބޮޑުވާކަމަށެވެ.

“ސަރުކާރުން މުވައްޒަފުންނާ ދޭތެރޭ ވަމުންދާ އިހުމާލުތަކާއި، ކުރަމުން ގެންދާ ނޭދެވޭ ކަންކަމާއި ގުޅިގެން އިޙްތިޖާޖުކޮށް އަޑު އުފުލުމަކީ ކޮންމެ މުވައްޒަފަކަށްވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް” ކަމަށް ޕީޕީއެމް އާއި ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.

އެފަދަ މުވައްޒަފުންގެ ކަންބޮޑުވުން އަޑުއަހާ މުވައްޒަފުންނާއި ދޭތެރޭ ހެޔޮކޮށް ޢަމަލުކުރުމަކީ ސަރުކާރުން ކުރަން ޖެހޭނެކަމެކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

ސަރުކާރުން ކުރާ ކަންކަމާމެދު، ހިތްހަމަނުޖެހުން ފާޅުކޮށް ބަސްބުނާ މުވައްޒަފުންނަށް ފިޔަވަޅު އަޅާ، އެމީހުންގެ ވަޒީފާ ނުވަތަ މުސާރަ ދަށްކުރުމަކީ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން އެއްވެސް ޙާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން، ހުޅުމާލޭގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ސިއްޙީ ޚިދުމަތްތެރިންނާއި، ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ، ކޮވިޑް-19 އާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ސަރުކާރަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

އަދި އިޙުތިޖާޖްގައި ބައިވެރިވި މުވައްޒަފުންނާއި، އެ މުވައްޒަފުން މަސައްކަތްކުރާ ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ދޭތެރޭ އަޅާފައިވާ ލާއިންސާނީ ފިޔަވަޅުތައް އަނބުރާ ގެނައުމަށް ވެސް ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: