ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫރިމަނާތައް ދައްކަން އިދިކޮޅުން ފަންޑު ފޮއްޓެއް ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ޖޫރިމަނާކޮށްފައިވާތީ ފައިސާ ހޯދުމަށް ފަންޑު ފޮއްޓެއް މިއަދު ހުޅުވައިފިއެވެ.

މި ފަންޑު ފޮށި ހުޅުއްވައިދެއްވީ މިއަދު ހަވީރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުރީގެ ރައީސް އަދި އެ ޕާޓީގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު އެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ “ހައްގު ފޮށި” ގެ ނަމުގައި މިއަދު ހުޅުވި މި ފަންޑު ފޮއްޓަކީ ރައްޔިތުންގެ އެދުމުގެ މަތިން ހުޅުވި ފަންޑު ފޮއްޓެކެވެ.

އެ ކޯލިޝަނުން ބުނީ ކޮންމެ ދުވަހަކު ވެސް އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނަށް އެކޯލިޝަން އޮފީހަށް ގޮސް ފަންޑު ފޮށްޓަށް ފައިސާގެ އެހީ ދެވޭނެ ކަމަށާއި ރަށްރަށުގައި ތިބި ސަޕޯޓަރުންގެ ތެރެއިން ފައިސާގެ އެހީ ދޭން ބޭނުންވާ މީހުން  އެކައުންޓު ނަންބަރު(773000013564) ފައިސާ ޖަމާކޮށްގެން އެހީވެވިދާނެ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީން ބޭއްވި ސައިކަލު ބުރާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެ ކޯލިޝަނުން ޖޫރިމަނާ ކުރީ ސިޔާސީ ޕާޓީގެ ގާނޫނާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި، އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާ ތަކުރާރުކޮށް ހިލާފުވުމާއި ގުޅިގެންނެވެ.

މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން އިންތިޒާމު ކޮށްގެން މާލޭގައި ބޭއްވި ސައިކަލު ބުރަކާއި ގުޅިގެން، ފުލުހުން ވަނީ އެކޯލިޝަންގެ ބައެއް އިސް ބޭފުޅުން 1000 ރުފިޔާއިން ވެސް ޖޫރިމަނާ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: