ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން އެމެރިކާއާއެކު ދިފާޢީ ގުޅުން ވަރުގަދަކުރުމަށް ފްރޭމްވޯކެއް އެކުލަވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިފާޢީ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި އެމެރިކާ ސަރުކާރާޢި ގުޅިގެން ފްރޭމްވޯކެއް އެކުލަވާލައިފިއެވެ.

“ފްރޭމްވޯކް ފޮރ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޑިފެންސް – މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް – ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް” ގެ ނަމުގައި އެކުލަވާލައިފައިވާ މި ފްރޭމްވޯކާ ބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން، މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޮރ ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ، ރީޑް ވަރނަރ އެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، އިންޑޯ-ޕެސިފިކް ސަރަޙައްދާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ދެޤައުމުގެ މަޞްލަޙަތާ ގުޅިފައިވާ ކަމަކަށްވާއިރު، ކޮވިޑް-19 ގެ މި ޙާލަތުގައިވެސް، ކަނޑުފޭރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ ނުރައްކަލާ، ރާއްޖެއިން ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

އެހެންކަމުން، ބައިނަލްއަޤްވާމީގޮތުންނާއި ސަރަޙައްދީގޮތުން، ދިވެހިރާއްޖެ ފަދަ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށް، ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި، ދެޤައުމުގެ ސަރުކާރުން މަޝްވަރާކޮށްގެން ކުރިއަށްދިޔުން މުހިންމުކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: