ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވުމަށް ހުރަސް އެޅުމަށް މިއަދު ނިކުތް ފުލުހުން، މިނިވަންކަމަށްޓަކައި މާދަމާ ވާން ޖެހޭ ގުރުބާނީ ބޮޑުވާނެ: އާދަމް ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި އެއްވުމަށް ހުރަސް އެޅުމަށް ނިކުތް ފުލުހުން، މިނިވަންކަމަށްޓަކައި މާދަމާ ވާން ޖެހޭ ގުރުބާނީ ބޮޑުވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ރާއްޖެ އަޅުވެތިވުމާ ދެކޮޅުން އިދިކޮޅުން މިއަދު މާލޭގައި ބޭއްވި ސައިކަލް ބުރުގައި ބައިވެރިވެގެންނާއި އެ ހަރަކާތް ހުއްޓުވުމަށް މަގުތަކަށް އެއްވި 41 މީހަކު ފުލުހުން ހައްޔަރުކުރުމާ ގުޅިގެންނެވެ.

އެގޮތުން އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިވަންކަމުގެ ދިފާޢުގައި ނިކުތް ޒުވާނުންނަށް ސަރުކާރުން ހުރަސް އެޅުމުން އެނގެނީ މިނިވަންކަމަށްޓަކައި ވާންޖެހޭ ޤުރުބާނީ ގެ ބޮޑުކަން ކަމަށާއި މިނިވަން ކަމަށް ހުރި ގޮންޖެހުންތައް ކަމަށެވެ.

“މިއަދު ހުރަސް އެޅުމަށް ނިކުތް ފުލުހުން، ޤައުމުގެ މިނިވަން ކަމަށްޓަކައި މާދަމާ ވާންޖެހޭ ޤުރުބާނީ ހީނުކުރާހާ ބޮޑުވާނެ.” އާދަމް ޝަރީފު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އިސްވެރިން ވެސް ހަރަކާތްތެރިވިއިރު، ސައިކަލު ބުރު ކުރިއަށް ނުގެންދެވުމުން ހިނގާލުމެއް ވެސް ފެށިއެވެ. ނަމަވެސް އެ ހިނގާލުން ވެސް ފުލުހުން ވަނީ ހުއްޓުވާފައެވެ.

ޒުވާނުންގެ ސައިކަލު ބުރު ފުލުހުން ހުއްޓުވިއިރު، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްނުވުމަށާއި، ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރެ، ހުރިހާ ފަރާތްތަކަކުން ވެސް އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފުލުހުން ވަނީ މިއަދު އިލްތިމާސްކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: