ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށީގައި ގެ އަޅުއްވައި ނިދިކުރައްވަމުން ޖާބިރު ވިދާޅުވީ ދިވެހި ރައްޔިތުން އެދެނީ ފްލެޓަކަށް ނޫން ކަމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުން އެދެނީ ފްލެޓަކަށް ނޫން ކަމަށާއި، އެންމެ ކުޑަކޮށް ވެސް 2000 އަކަފޫޓުގެ ބިމަކަށް، ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ތިލަފުށީގައި ހުރި އަމިއްލަ ބިމުގައި ރެއިން ރެއަށް ގެ އަޅުއްވައި ނިދިކުރެއްވުމުގެ ކުރިން ކުރެއްވި ޓުވީޓެއްގައި ޖާބިރު ވިދާޅުވީ، ދިވެހިންނަށް ބިން ދިނުމުން އެމީހުން ބޯހިޔާވަހިކަން ހޯދާނެ ކަމަށެވެ.

“އަބަދު އަވާމެންދުރު ނުދައްކަވާ! މިރޭ މި ނިދަނީ ތިލަފުށީގައި ހުރި އަޅުގަނޑުގެ ބިމުގައި މިރެއިން މިރެއަށް އަޅުގަނޑު އެޅި ގެޔެއްގައި! މިއީ ދިވެހި ރައްޔިތުންގެ މިސާރު. ގުޑްނައިޓް.” އެޅި ގޭގެ ވީޑިއޯއެއް ހިއްސާ ކުރައްވަމުން ޖާބިރު ވިދާޅުވިއެވެ.

އެ ވީޑިއޯގައި ޖާބިރު ވިދާޅުވެފައިވަނީ، ކޮވިޑްގެ މިދުވަސްވަރު އެކި ތަންތަނުގައި، އެކި ގޮތްގޮތަށް އުޅުއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވީތީ އުފާ ކުރާ ކަމަށެވެ.

ޖާބިރު ވިދާޅުވީ އަމިއްލަ ބިންކޮޅެއް ލިބުނީމަ ވާ އުފަލަކީ އެގޮތަށް ރީތި ގެއެއް އަޅައިގެން ހާފު ވޯޓާގައި ހާފް ލޭންޑުގައި ނިދާލުމުގެ ފުރުސަތު ލިބުން ކަމަށެވެ.

“މި ނިދަނީ ވަރަށް ސިމްޕަލް އެކަމަކު ވަރަށް ކޮންފަޓަބްލް އަޅުގަނޑު އުއްމީދު ކުރަނީ ދިވެހި ރައްޔިތުންނަށް ބިންކޮޅެއް ލިބިއްޖެ ކަމަށް ވަންޏާ، އެންމެނަށްވެސް މުނާސަބުކޮށް، އުފާވެރިކޮށް އަޅުގަނޑުމެންވެސް މިއުޅޭހާ އުފަލުގައި ސިމްޕަލްކޮށް އުޅެވޭނެ ކަމަށް،” ޖާބިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
69%ވަރަށް ގަދަ 19%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ތިޔައީ ރައްޔިތުންގެ ބިމެއް ކުލިނުދައްކާތާ އެތައްއަހަރެއްވެއްޖެ. ކޮބާ ތިލަފުށީގެ ބެލެނިވެރިން؟ ހަޔާތުގެ ކަންފުޅެއްވެސް ނެތް އިންސާނެއް ތިޔަޖާބިރަކީ. ތިޔަމީހާ ހައްޔަރުކޮށް ދައުލަތަށް ދައްކަންޖެހޭ ފައިސާތައްހޯދުމަށް ކަމާބެހޭއެންމެހާ ފަރާތްތަކަށް ދަންނަވަން. ގަދަކަމުން މަކަރާހީލަތުން ހޯދާފަހުރި އެންމެހާތަކެތި ސަރުކާރައްނަގާ ނުދައްކާހުރިހުރިހާ ފައިސާއެއް ޖޫރިމަނާއާއި އެކު ހޯދުމަށް ވެސް ދަންނަވަން. ވަގުތުން ވަގުތައް ތިޔަ ޖާބިރު ހައްޔަރުކޮށް ތިޔަމީހާއާއިމެދު ސަރިއްޔަތްކޮށް ޖަލައްލާ އުމުރު ދުވަހަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: