ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުމޫން ކޮވިޑުން ރަނގަޅުވެ، ގެއަށް ދޫކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބަލިން ޝިފާ ލިބި ގެއަށް ދޫކޮށްލައިފިއެވެ.

މައުމޫން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެއާއެކު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މައުމޫނަށް ވަނީ ފަރުވާދޭން ފަށާފައެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތްﷲ ގެ ހެޔޮ ރަޙްމަތް ފުޅުން ކޮވިޑް ބަލިން ޝިފާ ލިބިގެން ހެޔޮޙާލުގައި ދަރުމަވަންތަ ހޮސްޕިލުން މިއަދު ގެއަށް ވަޑައިގެންފައިވާ ކަމަށެވެ.

“އެކިއެކި ބަލިބަލި ތަޙަންމުލު ކުރައްވާ ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރަން” މައުމޫން ވިދާޅުވިއެވެ.

މައުމޫން ބައްޔަށް ޕޮސިޓިވްވުމުން އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި އާއިލާގެ އެހެން ހުރިހާ ބޭފުޅުން ކޯވިޑަށް ޓެސްޓު ކުރެއްވި އެވެ. އެކަމަކު އެންމެންގެ ނަތީޖާ ނެގެޓިވް އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: