ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ފާޑުކިޔަނީ ތަރައްގީގެ މަޝްރޫއުތައް ފެނި ހިތްދަތިވާތީ: ޝާހިދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި އިންޑިއާ އާއި ދެޤައުމުގެ ދެމެދުގައިވާ ގުޅުމަކީ ހިތާ ހިތުގެ ގުޅުމެއްކަމަށާއި، އެކަން ގަބޫލު ނުކުރެވިގެން އުޅޭ ބަޔަކީ މިސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ފެނި ހިތްދަތިވާ މީހުން ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން މ. ކޮޅުފުށީގައި މަގުބައްތި ޖެހުމުގެ މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމަކީ ހާއްސަ ގުޅުމެއް ކަމަށާއި އެކަން މި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެކަން ގަބޫލުނުކުރެވިގެން އުޅޭ ބަޔަކީ މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ފެނި އެކަމަށް ހިތްދަތިވާ ފަރާތްތައް ކަމަށް ޝާހިދު ވިދާޅުވިއެވެ.

“އިންޑިއާ އާއި ރާއްޖެއާ މިއޮތް ގުުޅުމަކީ ހާއްސަ ގުޅުމެއް. މި ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގަ އޮތް ގުޅުމެއް. ދެ ޤައުމުގެ ރައްޔިތުންގެ ހިތާ ހިތާ ގުޅިފަ އޮތް ގުޅުމެއް. އެކަން އަޅުގަނޑުމެން ޤަބޫލު ކުރަން. އެކަން ޤަބޫލު ނުކުރެވިގެން އުޅޭ ބަޔަކީ މިސަރުކާރުން ހިންގާ ތަރައްޤީގެ މަޝަރޫޢުތަކަށް، އެތަންތަން ފެނި އެކަމަށް ހިތްދަތިވާ ފަރާތްތައް. އެކަން މިއަދުގެ ޒަމާނީ އިބާރާތުން ދަންނަވާކަމަށްވަންޏާ، ހަޖަމް ނުކުރެވޭ ފަރާތްތައް.” ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ޝާހިދު ވަނީ މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އަރުވާފައެވެ. އިންޑިއާ އިން އަންނަނީ މި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ ގިނަ ޕްރޮޖެކްޓުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: