ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ އަށް ތާވަލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްސަލައް ކްރިމިނަލް ކޯޓުން ބޭރު ކޮށްލުމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާ މެންދުރަށް ތާވަލުކޮށްފިއެވެ.

ހައިކޯޓުގައި އަދީބުގެ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ މާދަމާ މެންދުރުފަހު 14:00 އަށެވެ. އަޑުއެހުން އޮތީ ވީޑިއޯ ކޮންފަރެންސްކޮށެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ މި ހަތް ދައުވާގެ ތެރެއިން ދެ ދައުވާއެއްގެ ޝަރީއަތް ބާއްވައިފައެވެ. އެއީ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމާ ބެހޭ ދެ މައްސަލައެވެ. އެދުވަހުގެ އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން އަދީބަށް 10 ދުވަސް ދިނުމަށްފަހު އަޑުއެހުން ވަނީ ނިންމާލައިފައެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އޭނާ ހުރީ މިނިވަން ވެފައެވެ. ދައުވާތައް ބާތިލް ކުރުމުގައި ބޮޑަށް ބިނާކޮށްފައި އޮތީ އަދީބު އާއިއެކު ތަހުޤީގު މަރުހަލާގައި ޕްރޮސެކިއުޓަރ ޖެނަރަލް އާއި އަދީބުއާއެކު ވެފައިވާ އެއްބަސްވުންތަކުގެ މައްޗަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: