ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީން ކޮވިޑް ޖެހުނު ހުރިހާ މީހުން ރަނގަޅުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑު ސިޓީން ކޮވިޑަށް ޕޮޒިޓިވް ވި ހުރިހާ އެންމެން ރަނގަޅުވެއްޖެކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް މި ބައްޔަށް އައްޑޫ އިން ޕޮޒިޓިވްވި އެންމެން ވެސް ރަނގަޅުވެފައިވާ ކަމަށެވެ.

އައްޑޫ އިން މި ބަލިން އެންމެފަހުން ރަނގަޅުވި ދެ މީހުންނަކީ އައްޑޫ ސިޓީ ގަމުން މި ބައްޔަށް ޕޮޒިޓިވްވި ދެ މީހުންނެވެ.

އައްޑު ސިޓީން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އެންމެންނަކީވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

އެޗްޕީއޭ އިން އެންމެފަހުން އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި ރާއްޖޭގެ 25 ރަށަކުން 99 މީހަކު އެކްޓިވް ކޭސްގެ ގޮތުގައި އެބަތިއްބެއެވެ. މާލެ ސަރަހައްދު ފިޔަވައި އެންމެ ގިނަ ކޭސްތައް ދެން އުޅެނީ ހދ.ހޯނޑެއްދޫގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: