ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިން ދަތުރުކުރުން ރައްކާތެރި ގައުމެއްކަން އަންގައިދޭ ސޭފް ޓްރެވަލް ސްޓޭމްޕް ރާއްޖެއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން (ޑަބްލިއުޓީޓީސީ) އިން ދޭ “ސޭފް ޓްރެވަލް” ސްޓޭމްޕް ރާއްޖެ އަށް ލިބިއްޖެއެވެ.

މި ސްޓޭމްޕަކީ ކޮވިޑް-19އާ ގުޅިގެން ޗުއްޓީ ހޭދަ ކުރުމަށް އެންމެ ރައްކާތެރި މަންޒިލްތަކަށް ޑަބްލިއުޓީޓީސީން ދެމުން އަންނަ ސްޓޭމްޕެކެވެ. ޑަބްލިއުޓީޓީސީން ވެސް ވަނީ އެކަން އިއުލާނުކޮށްފަ އެވެ. މި ސްޓޭމްޕް ރާއްޖެ އަށް ލިބިފައި ވަނީ މިއަދު އެވެ.

މި ސްޓޭމްޕުގެ ސަބަބުން ކޮވިޑްގެ ދަތުރުފަތުރު ކުރަން ރައްކާތެރި ގައުމުތައް ފަތުރުވެރިންނަށް ފަސޭހަކަމާއެކު ދެނެގަނެވޭނެއެވެ.

ޑަބްލިއުޓީޓީސީ އިން ދޭ “ސްޓޭމްޕް” އަކީ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގައި ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމުން، ދޭން ސެޓްފިކެޓެކެވެ. މި ސެޓްފިކެޓް އެންމެ ފުރަތަމަ ހޯދި އެއް ގައުމަކީ އަވަށްޓެރި ސްރީލަންކާ އެވެ. މި ސެޓްފިކެޓް ދޭ ޑަބްލިއުޓީޓީސީން ބުނެފައިވާ ގޮތުގައި މިއީ ޓޫރިސްޓުންނަށް ޔަގީންކަން ލިބިގެންދާނެ ސެޓްފިކެޓެކެވެ.

މި ސަރަހައްދުން މި ސްޓޭމްޕް މީގެކުރިން ސްރީލަންކާ އިން ވެސް ވަނީ ހޯދާފައެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

މިއަހަރުގެ މިހާތަނަށް 402،089 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 65.1 ޕަސެންޓް ދަށް އަދަދެކެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: