ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުމެންގެ ވެރިކަމެއްގައި ގުޅީފަޅުގައި އަޅާ ޕޯޓު ތިލަފުއްޓަށް ބަދަލުކުރާނަން: މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އަތޮޅު ގުޅިފަޅުގައި ޕޯޓް ހެދިނަމަވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އެ ޕޯޓް ތިލަފުށްޓަށް ބަދަލުކުރާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ގުޅީފަޅު އޮންނަން ޖެހޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމި ގޮތަށް މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދޭ ރަށެއްގެ ގޮތުގައި ކަމަށެވެ. އަދި އެތަން ނަގާއި ތިލަފުއްޓަށް ބަދަލުކުރުމަށް ފަހު ބޯހިޔާވަހިކަން މާލޭގެ ރައްޔިތުންނަށް ޔަގީންކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

“ގުޅިފަޅުގައި މި ހަދަނީ ތިލަފުށީގައި ހަދަން ޖެހޭ ޕޯޓެއް. މާލެ ރައްޔިތުންގެ އެއްވެސް ހައްގަކަށް ވިސްނާލުމެއް ނެތި ގުޅިފަޅުގައި ޕޯޓް ހަދަން މި މަސައްކަތް ކުރަނީ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައްޔިތުންނަށް، ޔަގީން ކުރައްވާށޭ ޕީޕީއެމްގެ ސަރުކާރެއްގައި، މި ސަރުކާރުން ގުޅިފަޅުގައި ޕޯޓް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަނަމަވެސް އެ ޕޯޓް ނަގާ ތިލަފުށްޓަށްް ބަދަލުކޮށްފައި ގުޅިފަޅަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަންޒިލަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަޅުގަނޑުމެން ދެން.” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މުޅި މި ސަރަހައްދުގައިވެސް ޕޯޓް ހެދުމަށް ތިލަފުށްޓަށްވުރެ ރަނގަޅު ރަށެއް ނެތް ކަމަށާއި ގުޅިފަޅުގައި ޕޯޓް ހެދުމަށް މި ސަރުކާރުން ދައްކަމުން ދަނީ އަސާސެއް ނެތް ބަހަނާތަކެއް ކަމަށެވެ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށް ޓަކައި ތިލަފުށީގައި ބަނދަރު ހަދަން ކުރީގެ ސަރުކާރުން އޮތީ ރާވައިފަ އެވެ. ނަމަވެސް ތިލަފުށީގެ ބަދަލުގައި ގުޅީފަޅުގައި ބަނދަރު ހަދާގޮތަށް ނިންމީ އެއީ ތިމާވެށީގެ ގޮތުން ބަލާއިރު ވެސް އެންމެ ރައްކާތެރި ގޮތް ކަމަށް ވުމުން ކަމަށް މި ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.

ތިލަފުށީގެ ބަދަލުގައި ގުޅީފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމީ ބަނދަރުގައި ކުރާ ހުރިހާ މަސައްކަތެއް އެތަނަށް ބަދަލުކޮށް މާލެއަށް ބޮޑު ބަދަލެއް ގެންނަ ގޮތަށް ރާވައިގެން ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ޕްލޭން ކުރިއަށް ގެންދިޔުމަށް ގުޅިފަޅު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަޅުގަޑުމެންގެ ވެރިކަމޭ ކޮބާތަމުއަގެއަގަ އަޅުގަޑުމެންގެ ވައްކަމެއްގައި
    ތިލފުށިން ކޮއްމެވެސް ވައްކަމެއް ކޮއްލެވޭތޯ ހުވަފެންފެއްނަނީ ހަމަފެއްނަނީ ދެންނުވިސްނާ ގާމާދޫ އައް ބަދަލުކުރަން ޖެހޭ ޕޯޓުތައްއެބަހުރި. ޝުކުރިއްޔާ ސަލާމް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: