ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާއްމު ޚިދުމަތްދޭ 207 ތަނަކާއިމެދު ފިޔަވަޅު އަޅައިފި

ފޮޓޯ: ސަން އޮންލައިން/ ފަޔާޒް މޫސާ --- ހާބަރު ފުޑް ކޯޓުގެ ޔުނިޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ޢާއްމު ޚިދުމަތްދޭ ތަންތަން މޮނީޓަރކުރުމަށް ކުރިއަށްގެންދިޔަ އިންސްޕެކްޝަންގައި، 2900 ތަނެއް ބަލައި 207 ތަނަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ އަޙްމަދު ނާސިރު ވިދާޅުވީ މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި އިންސްޕެކްޝަންގައި މާލެއިން 2420 ތަނެއް ބަލައި 182 ތަނަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށާއި ހުޅުމާލެއިން 416 ތަނެއް ބަލައި 23 ތަނަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އަދި މީގެ އިތުން ވިލިމާލެއިން ވެސް 64 ތަނެއް ބަލައި ދެ ތަނަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ވެސް ނާސިރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން 101 ސެލޫނެއް ބަލައި 31 ތަނަކާމެދު ފިޔަވަޅު އަޅާފައިވާިއރު 30 ޖިމްވެސް އިންސްޕެކްޝަންގައި ބަލާފައިވާކަމަށް އެޗްޕީއޭގެ ޑިރެކްޓަރ ނާސިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: