ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އޮފީސްތަކުން އަމަލުކުރޭތޯ ބަލަނީ

ކޮވިޑު ފެތުރޭތީ ސަރުކާރުގެ އޮފީސްތައް ހުޅުވުން އަންނަ ހަފްތާއަށް ފަސްކުރުން/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތް ޕްރޮޓެކެޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފައިވާ ގައިޑްލައިން ތަކާއި އެއްގޮތަށް ޢަމަލު ކުރަމުން ގެންދޭތޯ ބެލުމަށް އަންނަ ހަފްތާ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި، ޕްރައިވެޓް އޮފީސްތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް ދާނެ ކަމަށް އެ އެޖެންސީ ވިދާޅުވެއްޖެއެވެ.

އެގޮތުން އުސޫލުތަކާ އެއްގޮތަށް މި ތަންތަނުން އަމަލުކުރޭތޯ ބެލުމަށް މި މަހުގެ 20 ވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި އޮޕަރޭޝަނުގެ ތެރެއިން އުސޫލާއި ހިލާފަށް ހިދުމަތްދޭ ތަންތަން ފުރަތަމަ ފަހަރަށް 48 ގަޑިއިރަށް ބަންދުކުރާނެ ކަމަށާއި އެ ތަނެއް ދެން ހުޅުވޭނީ 48 ގަޑިއިރުފަހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އަދި މީގެ އިތުރުން ދެވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ ތަން ބަންދުކުރުމަށް 1،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށާއި އެ ތަނެއް ދެން ހުޅުވޭނީ ތިން ދުވަސް ފަހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: