ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންޔާގެ ސުވާލު ލީޑަރުންނަށް: ގައުމު އިނދަ ޖެހިފައިވާ މި ދަނޑިވަޅުގައި ބޮޑު މުސާރަ ނަންގަވައިގެން ކީއްތޯ ތި ކުރައްވަނީ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ސަބަބުން ގައުމު އިނދަ ޖެހިފައިވާ މިދަނޑިވަޅުގައި ބޮޑު މުސާރަ ނަންގަވައިގެން ތިއްބެވި ލިޑަރުން ގައުމަށްޓަކައި ކޮށްދެނީ ކޮން ކަމެއްތޯ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސުވާލު ކުރައްވައިފިއެވެ.

ދުންޔާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ރައްޔިތުންނަށް ފެނިގެން މިދަނީ ރާއްޖޭގެ އިގްތިސާދަށް އަންދާޒާ ނުކުރެވޭހާ ބޮޑު ގެއްލުންތަކެއް ވަމުން އަންނަ މަންޒަރު ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަތިވަމުންދާ ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.

“ގައުމުގެ ލީޑަރުންނާ އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ ބޮޑު މުސާރަ ނަގައިގެން ތިބެ އަސްލު ކޮން ކަމެއްތޯއޭ ތި ކޮށްދެއްވަނީ.” ދުންޔާ ވިދާޅުވިއެވެ.

ކޮވިޑުގެ ބަލިމަޑުކަމާއެކު އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުގެ އަސަރު ނުކުރާ މީހަކު މަދެވެ. ބޮޑެތި ވިޔަފާރިތައް ބަނގުރޫޓުވެ، ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު އާންމު ރައްޔިތުމީހާ އަށް ކުރާ އަސަރު އެއަށްވުރެ ބޮޑެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮވިޑްއާ އެކު ޓޫރިޒަމް އަށް އައި ހީނަރުކަމާއެކު، މީގެ ކުރިން މަހެއްގެ މައްޗަށް އެވްރެޖްކޮށް 50 މިލިއަނެއްހާ ޑޮލަރު ލިބުނު ނަމަވެސް މިހާރު މަހެއްގެ މައްޗަށް ލިބެނީ ހަތަރު މިލިއަނެއްހާ ޑޮލަރެވެ. އަދި މަރުކަޒީ ބޭންކު އެމްއެމްއޭ އިން ވެސް މި ފަހުން ވަނީ ޑޮލަރު ރާއްޖޭގައި ހިފެހެއްޓުމަށް ފިޔަވަޅު އަޅާނެކަން ހާމަކޮށްފަ އެވެ. މި ހާލަތުގައި ޑޮލަރުގެ އަގު އުފުލުނަ ނުދިނުމަކީ އިގްތިސާދު ހިފެހެއްޓުމަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
58%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: