ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި ގައުމެއް ނެރެލަން ގޮވުމަކީ ގައުމަށް އެންމެ މަސްލަހަތު އޮތް ގޮތެއް ނޫން: ދުންޔާ

ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި ޕާޓީއަކުން ނިކުމެ ވަކި ގައުމެއް ނެރެލަން ގޮވާލުމަކީ އެއީ ގައުމަށް އެންމެ މަސްލަހަތު ރަނގަޅު ގޮތް ނޫންކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ‘ޚަބަރަށްފަހު؛ ޕްރޮގްރާމުގައި ވާހަކަދައްކަމުން ދުންޔާ މައުމޫން ވިދާޅުވީ ސަރުކާރުން އެއް ގައުމަކަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީ، ވަކި ގައުމަކަށް ބަރޯސާ ވެގަތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި އިދިކޮޅުން ގައުމެއް ބޭރުކޮށްލަން ހިންގާ ހަރަކާތްތަކަކީ ގައުމުތަކުން ބަލައިނުގަންނާނެ ފަދަ ހަރާކާތްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ދުންޔާ މައުމޫން ވިދާޅުވި ގޮތުގައި، ދާދި ފަހުން އޭނާ ގުޅިވަޑައިގަތް، މޯލްޑިވްސް ނޭޝަނަލް ޕާޓީއަށް ވެރިކަން ލިބިއްޖެނަމަ ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު އޮތް ހާލަތާއި ތަފާތު ވާނެއެވެ. އެގޮތުން އެކަމަނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ޒަމާއަތުގައި ވެރިކަން ހިންގެވި ގޮތާއި އޭރު ރާއްޖޭގެ ހާރިޖީ ގުޅުންތައް އޮތް ގޮތާއި މެދު ދުންޔާ ވަނީ ތައުރީފުކުރައްވާފައެވެ. ވެރިކަމުގައި ހުންނެވި އިރު ރާއްޖެއަކީ އަވަށްޓެރި ހުރިހާ ގައުމަކާއި އެކު ގުޅުން ބަދަހިކޮށް، އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރިކަމަށެވެ.

ވަކިން ހާއްސަކޮށް މުސްލިމް ގައުމުތަކާއި ގުޅުން ބަދަހި ކުރުމަށް އަހަންމިއްޔަތުކަން ދެއްވިކަމަށް ދުންޔާ ވިދާޅުވިއެވެ. އޭރު ރައީސް މައުމޫން އަމަލުކުރަމުން ދިޔަގޮތުގެ ސަބަބުން ރާއްޖެ ވަނީ ޔޫއެންގައި އެކްޓިވްކޮށް ހަރަކާތްތެވުމުގެ ފުރުސަތު ހޯދުމާއި އެކު ކޮމަންވެލްތުގެ މެމްބަރު ކަމާއި ސާކް ވެސް ރާއްޖެއަށް ގެނެސްފާއިވަކަމަށް ދުންޔާ ފާހަގަކުރެއްވިއެވެ. އޭރުވެސް ސރުކާރުން އަމަލުކުރަމުން އައީ ‘އިންޑިއަން ޕޮލިސީ ފަސްޓް’ ގެ ނަމުގައިކަމަށް ވީ ނަމަވެސް ހާރިޖީ ސިޔާސަތައް އެއްވެސް ހީނަރުކަމެއް އައިސްފައި ނުވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

އެހެންނަމަވެސް ދުންޔާ ވަނީ ރައީސް ނަޝީދު ވެރިކަމާއި ހަވާލުވުމަށްފަހުގައި އިންޑިއާއަށް ބޮޑު އިސްކަމެއް ދިންކަމަށް ވިދާޅުވެފައެވެ. އެހެން ގައުމުތަކާއި ގުޅުން ބޭއްވިނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުން އިންޑިއާއަށް ދިން މުހިންމުކަން ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ. އެއަށްފަހު ރައީސް ޔާމިނުގެ ވެރިކަމުގައި ރާއްޖެއާއި ޗައިނާގެ ދެމެދު އޮތް ގުޅުން އިންތިހާއަށް ވަރުގަދަވެ ހަމައެކަނި ޗައިނާއަށް އިސްކަމެއް ދިން މަންޒަރު ފެނިގެންދިޔަ ކަމަށް ވެސް ދުންޔާ މައުމޫން ވަނީ ވިދާޅުވެފައެވެެ.

މިއަދު ގައުމުގެ ސިޔާސީ މަޝްރަހުން އިންޑިއާ ނެރެލަން ކުރާ މަސައްކަތަކީ އެއީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށް ދުންޔާ ގަބޫލުކުރާ ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ ރާއްޖެއަކީ މިޑްލް އިންކަމް ގައުމަކަށް ވުމެވެ. އެހެންކަމުން މިވަގުތު ރާއްޖެއަށް ބޭނުންވަނީ ބޮޑަށް މާލީ އެހީތެރިކަން ކަމަށާއި އަދި ވަކި ގައުމަކަށް ބަރޯސާވެގަތުމަކީ މިކަން ހާސިލުކުރުމަށް މަގު ފުޅާ ކުރެވޭ ކަމެއް ނޫން ކަމުގައި ދުންޔާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: